ކޮލަމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އުރީބޭގެ މައްޗަށް ހެކި އޮޅުވާލުމާއި ރިޝްވަތު ދިނުމުގެ ކުށް ސާބިތުވުމުން 12 އަހަރަށް ގޭބަންދަށް ހުކުމް ކޮށްފައިވާ ކަމަށް ލޯކަލް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ހުކުރު ދުވަހު ހުކުމް އިއްވުމުގައިވެސް، އުމުރުން 73 އަހަރުގެ އުރީބޭ ވަނީ 578،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އަދި، އާންމު މަގާމެއް 100 މަހާއި 20 ދުވަހަށް ނުވަތަ އަށް އަހަރަށް ފުރުންވެސް މަނާކޮށްފައި ވެއެވެ.
މިހާރު އޭނާ ރިޕޯޓް ކުރަން ޖެހެނީ އޭނާގެ އުފަން ޕްރޮވިންސް އެންޓިއޮކިއާގެ ރިއޮނެގްރޯގެ ކަމާބެހޭ ފަރާތްތަކަށް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ. އަދި އެއަށްފަހު "ވަގުތުން ގޭބަންދުގައި ހުންނެވުމަށް އަމަލުކުރަންވާނެ" ކަމަށްވެސް ގާޒީ ސަންޑްރާ ލިލިއާނާ ހެރެޑިއާ ވަނީ އަމުރު ކުރައްވާފައެވެ.
ޖުލައި 28 ވަނަ ދުވަހު އޭނާގެ މައްޗަށް ކުށް ސާބިތުވުމާއެކު އުރީބޭ ވެފައިވަނީ ޖިނާއީ ޝަރީއަތެއްގައި ކުށް ސާބިތުވި ކޮލަމްބިއާގެ ކުރީގެ ފުރަތަމަ ރައީސަށެވެ.
އެކަމަކު އުރީބޭގެ ދިފާއީ ވަކީލުން ވަނީ މައްސަލަ އިސްތިއުނާފު ކުރަން ރާވާފައިވާކަން އިއުލާންކޮށްފަ އެވެ.







