އިނގިރޭސިވިލާތުގެ މިމީހާ އަކީ އެގައުމުގައި ޓެޓޫ ޖެހުމުގައި ރެކޯޑް ހަދާފައިވާ މީހާއެވެ. ޓެޓޫ ގިނައިން ޖަހާ އެހެން މީހުންނެކޭ އެއްފަދައިން މިމީހާވެސް އެންމެ ގަޔާވަނީ ޝައިޠާނާއާ ގުޅުން ހުރި ކުރެހުންތައް ގައިގައި ކުރަހާށެވެ. އެގޮތުން އޭނާ އެންމެ ގަޔާވާ ކުރެހުމަކީ ނިއްކުރީގައި ޖަހާފައިވާ ޝައިޠަނުންގެ ފައްޅީގެ މަރުކާއެވެ.
އޭނާ ވަނީ އޭނާގެ މި އެދުން ފުރިހަމަ ކުރުމަށް 40 ހާސް ޕައުންޑް ހޭދަ ކޮށްފައެވެ.
ބާމިންހަމްގެ އުމުރުން 45 އަހަރުގެ މިމީހާ ބުނަނީ ޓެޓޫ ޖެއްސުމަށް 1600 ގަޑިއިރު އޭނާ ހޭދަ ކޮށްފައި ވާނެ ކަމަށެވެ. މިމީހުންނަކީ ޝައިޠާނުންނަށް އަޅުކަން ކުރާ ފައްޅިއަށް ނިސބަތްވާ މީހުންނެވެ.






