ފްރާންސްގެ މަގުމަތީގައި ނޫސްވިއްކަން އުޅޭ އެންމެ ފަހު މީހާއަކީ މިހާރު އަލީ އަކުބަރު އެވެ. ފްރާންސްގެ މެކްރޮން ރައީސް ވަނީ އެގައުމުން ސިފައިންނާއި މަދަނީންނަށް ދޭ އެންމެ މަތީ މެޑެލް ސެޕްޓެމްބަރު މަހު އަކުބަރުއަށް ދޭން ނިންމަވާފައެވެ. އެ ޝަރަފަކީ، ޝެވަލިއާ ޑި އޯޑްރޭ ނެޝަނަލް ޑެ މެރައިޓް ގެ ޝަރަފްއެވެ.
އަކުބަރަކީ ޕާކިސްތާންގެ ރާވަލްޕިންޑީއަށް އުފަން މީހެކެވެ. މިހާރު އޭނާގެ އުމުރުން ތޭ ހައްތަރި އަހަރެވެ. ފްރާންސްގެ އެންމެ އަދަބީ އިލްމީ އަވަށްކަމަށްވާ ލެޓިން ކުއާޓާރގައި އޭނާ ނުސްވިއްކަން އުޅޭތާ މިހާރު 50 އަހަރު ވީއެވެ.
އަލީ އަކްބަރު ނޫސް ވިއްކަން ފެށީ 1973 ވަނަ އަހަރު ފްރާންސަށް ބަދަލުވުމުންނެވެ. އޭނާ ނޫސްވިއްކަނީ މީހުން ގަޔާވާ ގޮތަކަށެވެ. އެހެންވެ، މީހުން އޭނާގެ އަތުން ނޫސްގަންނަން ޝައުގުވެރިވެއެވެ.
ޕެރިހުގައ ނޫސްވިއްކަން ފެށިފަހުން އަކުބަރު އެންމެ ފުރަތަމަ ނޫސް ވިއްކީ ސޯރބޮން ޔުނިވާސިޓީ ކައިރީގައި ކިޔަވާ ކުދިންނަށެވެ. އެއިރު އޭނާ ވިއްކީ ޖޯލު މަޖައްލާ ކަމަށްވާ ޗާލީ އެބްޑޫއެވެ.
ޓީވީން ފެށިގެންގޮސް އިލެކްޓްރޯނިކް އަދި ޑިޖިޓަލް މީޑިއާއަށް ނޫސްތައް ބަދަލުވާން ފެށިފަހުން ނޫސްތައް ކިޔާ މީހުންގެ އަދަދު ވަނީ މަދުވެފައެވެ.
އަކުބަރު ބުނަނީ މިހާރު ލެޓިން ކުއާޓާގައި ދުވާލެއްގެ މައްޗަށް ވިއްކެނީ އެންމެ 20 ނޫސް ކަމަށެވެ. އޭނާ ވިއްކަނީ ލުމޮންޑް ނޫހެވެ. އަކުބަރަކީ ޗާޕް ދެލިން ހުންނަ ލިޔުން ކިޔާ ހިތްވާ މީހެކެވެ. އަދި ސުމޭކު މީޑިއަމަށް އޭނާގެ ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެއެވެ.
އެ ހިސާބުގެ މީހުން ބުނަނީ ކުރީ ޒަމާނުގެ މަޝްހޫރު ފަންނާނުންނާއި ލިޔުންތެރިން ކޮފީޝޮޕްތަކުގެ ބޭރުގައި ފިކުރީ މަސައްކަތުގައި ތިބެން މަޝްހޫރު ލެޓިން ކުއާޓާއަށް އަދިވެސް އެތަނުގެ ހަގީގީ ސިފަ ގެނަސްދޭ މީހަކީ އަކުބަރު ކަމަށެވެ. އަކުބަރު ބުނަނީ އިނާމު ލިބުނަސް ޖާނުގައި ވަރު ހުރިހައި ދުވަހަކު ނޫސް އަތުން ދޫކޮށް ނުލާނެ ކަމަށެވެ.







