ޕޫޓިން އިންޑިއާއަށް ވަޑައިގަންނަވާނެ

ރަޝިއާގެ ރައީސް ވްލަދިމިރް ޕޫޓިން 2025 ވަނަ އަހަރުގެ ތެރޭގައި އިންޑިއާއަށް ދަތުރެއް ކުރައްވާނެ ކަމަށް އެ ގައުމުގެ ސަލާމަތީ މަޖިލީހުން ހާމަކޮށްފިއެވެ. މިއީ 2022 ވަނަ އަހަރު ރަޝިއާ-ޔުކްރެއިން ހަނގުރާމަ ފެށުނު ފަހުން ޕޫޓިން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

މި ދަތުރުފުޅުގެ މަޢުލޫމާތު ހާމަކުރެއްވީ އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތް ޑޯވަލް އެވެ. އޭނާ މި މަޢުލޫމާތު ހާމަކުރެއްވީ މޮސްކޯގައި ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ސަރގޭ ޝޯގޫއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހުގައެވެ. ދެގައުމުން ދަތުރުފުޅުގެ ތާރީޚުތައް އަދި ނިންމާފައެއް ނުވެއެވެ. ނަމަވެސް މި ދަތުރާ މެދު އިންޑިއާއިން ވަނީ އުފާކޮށްފައެވެ.

ޑޯވަލް ވިދާޅުވި ގޮތުގައި މީގެ ކުރިން ބޭއްވި އިންޑިއާ-ރަޝިއާ ސަމިޓްތަކަކީ ދެ ގައުމުގެ ގުޅުމަށް ވަރަށް މުހިންމު ބައްދަލުވުންތަކެއް ކަމަށެވެ. މި ދަތުރުފުޅަކީ 2024 ވަނަ އަހަރު ބޭއްވި ދެ ބައްދަލު ވުމުގެ ނަތީޖާއެވެ. އެ ބައްދަލުވުންތަކަށް ފަހު މިދިޔަ އަހަރު ޖުލަިއ މަހު މޮދީ ވަނީ މޮސްކޯއަށް ވަޑައިގެންފައެވެ. އަދި އެ ދަތުރުފުޅުގައި މޯދީއަށް ރަޝިއާގެ އެންމެ މަތީ މަދަނީ އިނާމު ލިބިވަޑައިގެންނެވިއެވެ.

ޕޫޓިންގެ މި ދަތުރުފުޅަކީ، އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުމާ ގުޅިގެން އެމެރިކާއާ އިންޑިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއެކު ހާމަވާ ކަމެކެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އިންޑިއާގެ އިމްޕޯޓް މުދާތަކަށް 25 ޕަސެންޓްގެ ޓެރިފްއެއް ނަގަން ނިންމަވާފައެވެ. އަދި ރަޝިއާ-ޔުކްރެއިން ހަނގުރާމަ ނިމެންދެން އިތުރު ފިޔަވަޅުތައް އަޅުއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހިއްސާ ކުރައްވާ!