ރަނގަޅު ފެންވަރަކަށް މަގު ހެދުމަށް ސޮއިކުރި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް

ރަނގަޅު ފެންވަރަކަށް 11 ރަށެއްގެ މަގުހެދުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް ބައިވެރިވެ ވަޑައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަޙުމަދު ނާޒިމް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތީ ލަފާ ކުރެވޭ ގޮތުގައި މ. މުލީގެ މަގު ހެދުން މި 11 ރަށުގެ ތެރޭގައި ހިމެނޭތީއެވެ.

ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން 11 ރަށެއްގެ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސއްކަތް ހަވާލުކޮށް، މިއަދު ސޮއިކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު އެވެ.

މަގުތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ 11 ރަށަކީ، ހއ. ތުރާކުނާއި ހދ. ނޮޅިވަރަމްފަރާއި ހދ. ފިނޭ އާއި ށ. މަރޮއްޓާއި ނ. މާފަރު ބ. ތުޅާދޫ އަދި ބ. ކުޑަރިކިލު މ. މުލި، ތ. ގުރައިދޫ އަދި ތ. ހިރިލަންދޫއާއި ތ. ކިނބިދޫ އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ. އަދި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދު އެވެ.

ހިއްސާ ކުރައްވާ!