ސައިބާ ކުށުގެ ތުހުމަތުގައި ހުރި ޗައިނާގެ މީހަކު ސްރީލަންކާ އެއަރޕޯޓުން ހައްޔަރުކޮށްފި

ފިލިޕީންސްގައި މައުލޫމާތުގެ ރަސްމަގުގައި ފޭރުމާއި ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުގައި ހުރި ޗައިނާގެ މީހަކު ސްރީލަންކާގެ ބަންޑާނާޔަކަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން ހައްޔަރުކޮށްފިއެވެ.

މި މީހާ ސްރީލަންކާއަށް އައިސްފައިވަނީ ކުއާލަލަމްޕޫރުން ބިޒްނަސް ވިސާއެއްގައެވެ. އޭނާ ބުނެފައިވަނީ ސްރީލަންކާއަށް އައީ ވަޒީފާ އަދާކުރުމަށެވެ. ނަމަވެސް އޭނާގެ މަޤާމާ ގުޅޭ އެއްވެސް މައުލޫމާތެއް އިމިގްރޭޝަނަކަށް ދެވިފައެއް ނުވެއެވެ.

އިމިގްރޭޝަން އޮފިޝަލުން ބުނީ އޭނާ ދީފައިވާ މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރުމާއެކު، އޭނާގެ މައްސަލަ ބޯޑަރ ސަވެއިލަންސް ޔުނިޓަށް ރިފަރ ކުރެވުނީ ކަމަށެވެ. އޭނާގެ އަތުން ފެނިފައިވަނީ ފިލިޕީންސް ސަރުކާރުން ދޫކޮށްފައިވާ އައިޑީއެއް ކަމަށާއި، އެ އައިޑީ ގުޅިފައިވަނީ ފިލިޕީންސް ފުލުހުން ފަހުން އަތުލައިގަތް ސައިބާ ކްރައިމް ޖަމާއަތަކާ ކަމަށް ތަހުގީގުން ހާމަވިއެވެ.

މި މައްސަލައިގައި އިތުރަށް ތަހުގީގު ކުރުމަށްފަހު، އޭނާ ކުއާލަލަމްޕޫރަށް ޑިޕޯޓްކުރުމަށްޓަކައި އެއަރ އޭޝިއާ އެއަރލައިންސްއާ ހަވާލުކޮށްފައިވާ ކަމަށް އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.

ޗައިނާގެ ހެކަރުންގެ 80 އެތައް ބަޔަކު މިދިޔަ ޖުލައި މަހު ސްރީލަންކާގައި ބަނޑަހަ ޖަހައިގެން އުޅެނިކޮށް އަތުގަނެ ޑިޕޯޓް ކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!