ޕްރޮޖެކްޓް ހައިޕީރިއަން ޑިޒައިން މުބާރާތުގައި އެންމެ މަތީ ވަނަ ހާސިލްކުރި "ކްރިސާލިސް" ނަމަކަށް ކިޔާ ޖައްވީ އުޅަނދަކީ އެއްހާސް އަހަރުގެ ދަތުރެއްގައި ދުނިޔެއަށް އެނބުރި ނައަންނަ ގޮތަށް އާލްފާ ސެންޓޯރީއަށް ދަތުރުކުރުމަށް ފަރުމާކޮށްފައިވާ ޖައްވީ އުޅަނދެކެވެ. މި އުޅަނދުގައި 2،400 މީހުން ދަތުރުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.
36 މޭލުގެ ދިގުމިނުގެ މި އުޅަނދު ފަރުމާ ކޮށްފައިވަނީ ގިނަ ފަށަލަތަކެއް ހިމެނޭ ގޮތަށެވެ. މި އުޅަނދުގައި އާންމު ސަރަހައްދުތަކާއި، ދަނޑުތަކާއި، ގަސްކާނާއި، ގެތަކާއި އަދި ގުދަންތައް ހިމެނެއެވެ. އުޅަނދު ހިންގުމަށް ބޭނުންކުރާނީ ނިއުކްލިއަރ ފިއުޝަން ރިއެކްޓަރުތަކެވެ.
ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް
އުޅަނދުގެ އެތެރޭގައި ގަސްގަހާގެއްސާއި، ފަންގަސްތަކާއި، ސޫފާސޫފި އަދި ޖަނަވާރު ގެންގުޅުމަށް ޚާއްސަ ސަރަހައްދުތަކެއް ހިމަނާފައިވެއެވެ. މީގެ އިތުރުން ހޫނު އަދި ފިނި މޫސުމުގެ ވެށިތައް އުފެއްދޭ ނިޒާމުތަކެއްވެސް ހިމެނެއެވެ. އަދި މަންޒިލަށް ފޯރުމުން ބޭނުންކުރާނެ އުޅަނދުތަކައި މުވާސަލާތީ ނިޒާމުތައްވެސް އުޅަނދުގައި ހިމަނާފައިއެވެ.

އިންސާނުން ތައްޔާރުކުރުން
މި ދަތުރަށް ފުރުމުގެ ކުރިން، ފުރަތަމަ ޖީލުތަކުގެ މީހުން 70-80 އަހަރު ވަންދެން އެންޓާޓިކާގައި ދިރިއުޅެން ޖެހޭނެއެވެ. މިއީ އެކަހެރި މާހައުލަކަށް އަހުލުވެރިވުމަށް ކުރާ ކަމެކެވެ. އުޅަނދު މަންޒިލަށް ވާސިލްވުމުގެ ކުރިން، އެތައް ޖީލެއްގެ މީހުން އުޅަނދުގައި އުފަން ވެ، ދިރިއުޅެ، މަރުވެގެންދާނެއެވެ.
މި އުޅަނދު 25 ޓްރިލިއަން މޭލުގެ (40 ޓްރިލިއަން ކިލޯމީޓަރު) ދުރުމިނަށް ދަތުރުކުރުމަށް 400 އަހަރު ނަގާނެ ކަމަށް ލަފާކުރެވެއެވެ. މި އުޅަނދުގެ މަންޒިލަކީ ޕްރޮކްސިމާ ސެންޓޯރީ ބީ އެވެ.
ޚިޔާލާތުގައި އުޅޭ މި މަޝްރޫއު މިހާރު ވަނީ ކަރުދާހަށް ތިރިކުރެވިފައެވެ.






