ރުޕީސްއާ ރޫބަލް މުޢާމަލާތްތަކަށް އާ މަގެއް ފަހިކޮށްފި

އިންޑިއާ އާއި ރަޝިޔާ އާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކުރުމަށްޓަކައި، އިންޑިއާގެ ރިޒާވް ބޭންކުން އާ އުސޫލުތަކެއް ތަޢާރަފުކޮށްފިއެވެ. މި އުސޫލުތަކުގެ ދަށުން، ބޭންކުތަކަށް ޚާއްޞަ ރުފިޔާ ވޮސްޓްރޯ އެކައުންޓްތައް (އެސްއާރްވީއޭ) ހުޅުވުމަށް ކުރިން ހޯދަންޖެހޭ ހުއްދަތައް ނުހޯދައިވެސް މުޢާމަލާތްތައް ކުރެވޭ ގޮތަށ ްހަމަޖައްސައިފިއެވެ.

މި އައު ނިޒާމުގެ ދަށުން، އިންޑިއާގެ އިމްޕޯޓަރުންނަށާއި ރަޝިޔާގެ އެކްސްޕޯޓަރުންނަށް ސީދާ ރުޕީސްއިން ފައިސާ ދެއްކޭނެއެވެ. މިއީ ޔޫއެސް ޑޮލަރު މެދުވެރިނުކޮށް ކުރެވޭ މުޢާމަލާތަކަށްވާތީ، ފައިސާ ބަދަލުކުރުން ލަސްވުން ކުޑަވެގެންދާނެއެވެ. އަދި އެސްއާރްވީއޭ އެކައުންޓްތަކުގައި ހުންނަ ފައިސާ އިންޑިއާ ސަރުކާރުގެ ސެކިއުރިޓީތަކާއި ޓްރެޜަރީ ބިލްތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މި އައު ނިޒާމުގެ ސަބަބުން ރަޝިޔާގެ ތެޔޮ އެކްސްޕޯޓު ކުރާފަރާތްތަކަށް ރުޕީސްއިން ފައިސާ ލިބުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. މީގެ ސަބަބުން އިންޑިއާއަށް ވިޔަފާރީގެ ދަރަނި ބެލެހެއްޓުމަށް ފަސޭހަވެ، ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެއެވެ.

ނަމަވެސް މި ނިޒާމުގައި ބައެއް ގޮންޖެހުންތައް ހުރިކަން އިންޑިއާއިން ފާހަގަކުރެއެވެ. އޭގެ ތެރޭގައި އިންޑިއާއިން ރަޝިޔާއިން އިމްޕޯޓްކުރާ މިންވަރު އެކްސްޕޯޓު ކުރާ މިންވަރަށް ވުރެ އިތުރުވުމުގެ ސަބަބުން ރަޝިޔާގައި ރުފީސް ގިނަވެ ޖަމާވުމާއި، ރޫބަލްގެ އަގަށް އަންނަ ބަދަލުތަކާއި، އެމެރިކާއިން ހަރުކަށި ކަމާއެކު ދެކުނުގެ ޤައުމުތަކަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދިމާވާ ހުރަސްތައް ހިމެނެއެވެ. މި ކަންކަން ހައްލުކުރުމަށް ދެ ޤައުމުން މަސައްކަތްތަކެއް ކުރަމުންދާކަމަށް އިންޑިއާއިން ބުނެއެވެ.

ހިއްސާ ކުރައްވާ!