ކިމް ޖޮންގ އުން ޗައިނާގައި ފާޚާނާ ބޭރުކުރި ހުރިހައި ނަޖިހެއް އަނބުރައި ގައުމަށް ގެނަސްފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން ޗައިނާއަށް ކުރެއްވި ދަތުރުގައި އޭނާގެ ބުލެޓްޕްރޫފް ރޭލްގައި ޚާއްސަ ފާޚާނާއެއް ހަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭނާ ޗައިނާއިން ވަޑައި ގަތީ އޭނާ ޗައިނާގައި ބޭރު ކުރެއްވި ހުރިހައި ނަޖިހެއްވެސް ހިތްޕަވައިގެން ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނޫސްވެރިން ބުނާ ގޮތުގައި ކިމްގެ މި ފިޔަވަޅަކީ، އޭނާ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

އިންޓެލިޖެންސް މާހިރުން ބުނަނީ ހަށިގަނޑުން ބޭރުކުރާ ނަޖިހުން މީހާގެ ސިއްހީ ހާލަތާއި، ބަލިތަކާއި އަދި އެހެނިހެން މުހިންމު ބަޔޯމެޓްރިކް މައުލޫމާތު ދެނެގަނެވިދާނެއެވެ. އެހެންކަމުން، ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުން މި މައުލޫމާތު ހޯދައި، އޭނާގެ ވެރިކަމަށް ނުވަތަ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ކުރުމަށް ފުރުސަތެއް ނުލިބޭނެއެވެ.

ކިމް އޭނާގެ އެންމެ ގާތް އެހީތެރިންގެ ޓީމަކާއެކު ކުރެއްވި މި ދަތުރުން ދައްކުވައިދެނީ، ބޮޑެތި ލީޑަރުން އެބޭފުޅުންގެ ސަލާމަތަށްޓަކައި އަޅުއްވާ ހަރުކަށި ފިޔަވަޅުތަކެވެ. ކިމްގެ ފާޚާނާ ތައްޓާއި ނަޖިސްކޮޅު އަނބުރައި ގެންދިއުމުގެ ޚަބަރުން ދުނިޔޭގެ ސަމާލުކަން ހޯދާފައި ވެއެވެ. އަދި މިކަމަކީ ޖާސޫސީ މަސައްކަތްތަކާއި ސަރުކާރުތަކުގެ ސިއްރު މަސައްކަތްތަކުގެ ނާޒުކުކަން ދައްކުވައިދޭ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އުތުރު ކޮރެއާގެ ލީޑަރުގެ މި އާދަޔާ ޚިލާފު ފިޔަވަޅުން ޒަމާނީ ޓެކްނޮލޮޖީގެ ޒަރީއާއިން ވެރިންގެ ޒާތީ ސިއްރާއި އަމިއްލަ މައުލޫމާތު ހޯދުމަށް ޖާސޫސީ އިދާރާތަކުން ކުރާ މަސައްކަތް ހާމަވެގެން ދެއެވެ.

ހިއްސާ ކުރައްވާ!