ފަންނުވެރިކަމުގެ ދުނިޔޭގެ ހަސަން ކުރުސީއާ ހެދި އިނގިރޭސިންނަށް ނުހޮރޮއްޕާނަކަށް ވެއްޖެ

ފަންނުވެރިކަން ބޭނުންކޮށްގެން ސަރުކާރުތަކާ ދެކޮޅަށާއި ޚިޔާލު ފާލުކުރުން ހަނިކުރުމާ ދެކޮޅަށް މެސެޖުދޭ އިނގިރޭސިވިލާތުގެ ކާކުކަން ނެނގޭ ފަންނާނުގެ ކުރެހުމެއް އިނގިރޭސި ހައިކޯޓުގެ ފާރުން ފޮހެލައިފިއެވެ.

މި ފަންނާނަކީ ބާންސްކީގެ ނަމުން މަޝްހޫރުވެފައިވާ މީހެކެވެ. ނަމަވެސް އޭނާއަކީ ކާކުކަން މިހާތަނަށް އެނގިފައެއް ނުވެއެވެ. މިއީ ކުރެހުމާއި ފަންނުވެރިކަމުގެ ދުނިޔޭގެ ހަސަން ކުރުސީ އެކެވެ.

ބާންސްކީ ވަނީ ޔަހޫދީންގެ އަނިޔާވެރި އަމަލުތައް ދުނިޔެއަށް ދެއްކުމަށް ކުރެހުންތައް ބޭނުން ކޮށްފައެވެ.

އިނގިރޭސި ހައިކޯޓުގެ ބޭރުގައި އޭނާ ކުރެހި ކުރެހުމަކީ ޔޫކޭގައި ފަލަސްޠީނަށް ތާއީދުކޮށް މުޒާހަރާ ކުރާ މީހުން ޓެރަރިސްޓުން ކަމަށް ސަރުކާރުން ކަނޑައަޅައި އެމީހުން ހައްޔަރު ކުރަމުން ދިއުމާ ދެކޮޅަށް ކުރެހި ކުރެހުމެކެވެ.

އިނގިރޭސި ފުލުހުން ވަނީ މި ކުރެހުން މީހުންނަށް ނުފެންނަ ގޮތަށް ހަދާފައެވެ. އަދި ފަހުން ވަނީ އެކުރެހުން މަތީގައި ޕުޓީ އަޅައި ދަވާދު ލާފައެވެ.

ބާންސްކީ މި ކުރެހުން ކުރަހާފައިވާ ތަނަކީ މިއިން ޒަމާނެއްގައިވެސް އިނގިރޭސިން ދަވާދުކޮޅެއް ލާފައިވާ ފާރެއް ނޫނެވެ.

 

ހިއްސާ ކުރައްވާ!