ޗައިނާ ރައީސް ޝިންޖިއާންއަށް ޒިޔާރަތް ކުރައްވައިފި

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ ޝިންޖިޔާންގ އުއިގޫރު އޮޓޮނޮމަސް ރީޖަންގެ 70 އަހަރުގެ ފާހަގަކުރުމުގެ ގޮތުން އެ ސަރަހައްދަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެ ސަރަހައްދުގެ އެކި ދީންތަކުގެ މީހުންގެ މެދުގައި އެއްބައިވަންތަކަމާއި ތަރައްގީއަށް ކޮށްފައިވާ  މަސައްކަތްތަކަށް ރައީސް ޝީ ވަނީ ތަޢުރީފުކުރައްވާފައެވެ. ޑީޑަބްލިއު މީޑިއާއިން ގެނަސްދީފައިވާ ރިޕޯޓެއްގައި ޗައިނާގެ ސަރުކާރުގެ މީޑިއާއިން ދައްކާފައިވާ މަންޒަރުތަކާ ހަވާލާ ދީ ރިޕޯޓު ކޮށްފައިވާގޮތުގައި އުއިގޫރު ނަސްލުގެ ރައްޔިތުން ވަނީ ލަވައާއި ރާގުން  ޝީއަށް މަރުހަބާ ކިޔާފައެވެ. އަދި ރައީސް ޝީ ވަނީ އެ ސަރަހައްދުގެ ފަތުރުވެރިކަމާއި ސަގާފީ އެއްބައިވަންތަކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ޝިންޖިއާނަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދެކެވެ. އަދި ބަިއނަލްއަގްވާމީ މީޑިއާއާއި މުޖުތަމައާއި އދން ތުހުމަތު ކުރާ ގޮތުގައި އެ ސަރަހައްދުގައި މުސްލިމުންނަށް ސަރުކާރުން ފާރަލަމުން ދެއެވެ. އަދި މިލިއަނަށް ވުރެން ގިނަ މީހުން އިސްލާހިއްޔާތަކުގައި ގެންގުޅޭ ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ. އެކަމާ ދެކޮޅަށް ޗައިނާއިން ވަނީ ކޮންޓްރޯލު ކޮށްފައިވާ ޒިޔާރަތްތަކެއްގައި ބޭރުގެ ވަފްދުތައް ގެންގޮސްގެން ޝިންޖިއާން ދައްކައި ފައެވެ.

ރައީސް ޝީގެ ދަތުރުފުޅާ ގުޅިގެން ބާއްވާފައިވާ ހަފްލާތައް ބޭރު ދުނިޔޭގެ ފާޑުކިޔާ ފަރާތްތަކުން ސިފަކޮށްފައިވަނީ ޕްރޮޕެގެންޑާގެ ގޮތުގައެވެ. ގައުމުން ބޭރުގައި ދިރިއުޅޭ އުއިގުރު ޝާއިރު އަޒީޒް އީސާ އެލްކުން އާ ހަވާލާ ދީ ގެނަސްފައިވާ ރިޕޯޓުގައި އޭނާވެސް ބުނެފައި ވަނީ މި މަންޒަރުތައް ބެލުމުގެ ހިތްވަރެއް ނެތް ކަމަށެވެ. އޭނާގެ ތިމާގެ މީހުން ދިރިއުޅެނީ އެއަށްވުރެން މާ ހާލުގައި ކަމަށެވެ.

.މި ހަފްލާތަކުގެ ފަހަތުގައި، އެ ސަރަހައްދުގެ ރައްޔިތުންނާ ދެކޮޅަށް ގެންގުޅޭ ސަރވެއިލަންސްއާއި ސަގާފީ ޝަޚުސިއްޔަތު ފޮހެލާ ކަމަށް ތުހުމަތު ކުރެވޭ މަސައްކަތްތައް ހިމެނޭ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. މި ކަމާ ގުޅޭގޮތުން ތަޖުރިބާކާރު ޑެރެން ބައިލަރ މީޑިއާއަށް ދިން ބަސްދީ ގަތުމުގައި ބުނެފައި ވަނީ ސަރުކާރަށް ކޮންމެ ވަގުތެއްގައިވެސް ރައްޔިތުން ތިބޭ ތަން އެނގޭ ކަމަށެވެ. ބައިނަލްއަގްވާމީ ފިޔަވަޅުތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ކަންބޮޑުވުންތައް ހުރި ނަމަވެސް، ބެއިޖިންގއިން ދަނީ އެ ސަރަހައްދަށް ޚާއްސަ ހާލަތެއް ގާއިމް ކޮށް ފިޔަވަޅުތަކެއް އަޅާފައެވެ.

ހިއްސާ ކުރައްވާ!