75 އަހަރުގެ މީހާ ސުހާގުރާތަށް ފަހު މަރުވެއްޖެ

އިންޑިއާގެ ޖައިޕޫރުގެ ކުޗްމުޗް އަވަށުގެ އުމުރުން 75 އަހަރުގެ ދަނޑުވެރިއެއް ކަމުގައިވާ ސަންގްރު ރާމް، ކައިވެނި ކުރީ އުމުރުން 35 އަހަރުގެ އަންހެނަކާ އެވެ. ކައިވެނިކުރުމަށްފަހު ސުހާގުރާތު ނިންމައި، ޖެހިގެން އައި ދުވަހުގެ ހެނދުނު އަންހެންމީހާއަށް ހޭލެވުނެވެ. ނަމަވެސް ރާމްގެ ހިލަމެއް ނުވިއެވެ. ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ކައިވެންޏަށް ފަހު، އުފާވެރި ޒަވާޖީ ހަޔާތެއް ފެށި ރާމް އޮތީ މަރުވެފައެވެ.

މިއީ ރާމްގެ ފުރަތަމަ ކައިވެންޏެވެ. އަދި އަންހެންމީހާގެ ދެ ވަނަ ކައިވެންޏެވެ. އޭނާގެ ފުރަތަމަ ކައިވެންޏަށް ކުއްޖަކު ލިބިފައެއް ނުވެއެވެ.

ރާމް އަކީ ދިއްލީގެ ރައްޔިތެކެވެ. އޭނާ ކުޗްމުޗްއަށް އައިސްފައި ވަނީ ކައިވެންޏަށެވެ. ރާމްގެ އާއިލާއިން ވަނީ ރާމްގެ ކުއްލި މަރާ މެދު ޝައްކު އުފައްދާ ފައެވެ. އަދި އިތުރު ތަހުގީގެއް ހިންގުމަށް އެދި ރާމް އަންދާލުމުގެ ކަންކަން މަޑުޖައްސާލުމަށްވެސް ވަނީ އެދިފައެވެ. މި މައްސަލައިގައި އާއިލާއިން ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ.

ހިއްސާ ކުރައްވާ!