2021 ވަނަ އަހަރު މިޔަންމާގެ ސިފައިން ވެރިކަން ވައްޓާލުމަށްފަހު، އަދިވެސް އެ ގައުމުގައި އަމާންކަން ގާއިމް ކުރއެވިފައެއް ނުވެއެވެ. އަދިވެސް ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. ސިފައިންގެ ވެރިކަމުން އާންމު ރައްޔިތުންނަށް ބޮން އަލައި އަވަށްތައް ހަލާކުކޮށްލަމުން ދެމުންދާއިރު، ސިޔާސީ ވާދަވެރިން ދަނީ މުސްލިމު ރޮހިންޖާ މައިނޯރިޓީ އަށް ކުރާ އަނިޔާކުރުން އިތުރުކޮށްފައެވެ.
މިހާރު 130،000 އަށްވުރެ ގިނަ ރޮހިންޖާ ރެފިއުޖީން ދަނީ ކޭމްޕްތަކުގައި ތޮއް ޖެހިފައެވެ. އެމީހުން ދަނީ ބަނޑުހައިހޫނުކަމާއި ބޭސްފަރުވާގެ އެހީތެރިކަން ނުލިބި، ނިކަމެތި ހާލުގައި ދިރިއުޅެމުންނެވެ. ބަލިމަޑުކަމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން އެތައް ބަޔަކު މަރުވަމުންދާކަމަށް ވެސް ވަނީ ރިޕޯޓުކުރެވިފައެވެ.
މި ހާލަތު މިހާ ގޯސްވަމުންދާއިރުވެސް، އެމެރިކާ ވަނީ މައްސަލައިން އެއްކިބާވެ، އިންސާނީ ހައްގުގެ ވާހަކަ ދެއްކުން ހުއްޓާލާފައެވެ. އެމެރިކާގެ މި އިހުމާލުގެ ސަބަބުން، އެގައުމުގައި އުފެދިފައިވާ ހުސްކަން ފޫބެއްދުމަށް ހަރަކާތްތެރިވާ ބާރަކީ ޗައިނާ އެވެ. ބެއިޖިންގއަށް ވަނީ މިޔަންމާގައި އިތުރު ކުރުމުގެ ފުރުސަތު ލިބިފައެވެ.
ޗައިނާއިން ވަނީ މިޔަންމާގެ ސިފައިންގެ ވެރިކަމަށް ހުޅަނގުގެ ޤައުމުތަކުން ކުރިމަތި ކުރަމުންދާ ފާޑުކިޔުންތަކާ ދެކޮޅަށް ނުކުމެ ފައެވެ. އަދި މިޔަންމާގެ އަސްކަރީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިކަމުގެ ބަދަލުގައި ޗައިނާއަށް މިޔަންމާގެ މައުދަންތައް ނެގުމަށް ފުރުސަތު ލިބިފައި ވެއެވެ. އަދި މީގެ ސަބަބުން މިޔަންމާގައި ޗައިނާގެ ނުފޫޒު އިތުރުވެ، އެމެރިކާގެ ބާރު ކުޑަ ވެފައިވާ ކަމަށް ވެސް ސިޔާސީ މާހިރުން ފާހަގަކުރެއެވެ.
މިޔަންމާގެ މި ހާލަތާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އދ. އާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ ގޮވާލަމުންނެވެ.






