ޗައިނާގެ މަސްވެރިކަމަށް ފާޑު ކިޔުން އަމާޒު ވަނީ

ދުނިޔޭގެ އެންމެ ދުރު މާކަނޑުތަކުގައި މަސްވެރިކަންކުރާ އުޅަނދުފަހަރު އެންމެ ގިނައީ ޗައިނާގައެވެ. ޗައިނާގެ ފްލީޓުބން ތިމާވެށްތަށް ބެލުމެއް ނެތި ދާއެޅުމުގެ މަސްވެރިކަން ކުރަމުންދާ ކަމަށް ތުހުމަތުކޮށް މިހާރު ވަނީ ބައިނަލްއަޤްވާމީ ފާޑުކިޔުންތަކާ ކުރިމަތިވެފައެވެ. ޗައިނާ ސަރުކާރުން ވަނީ މާ ކަނޑުގައި މަހަށް ނިކުންނަ އުޅަނދުގެ އަދަދުވެސް ކަނޑައަޅާފައެވެ، މިހާރަށް ކަނޑައަޅާފައިވާ 3،000 އުޅަނދުގެ ލިމިޓް ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ. އަދި، މިހާރު 16،000 އަށްވުރެ ގިނަ އުޅަނދު އެކި ހިސާބުތަކުގައި ވިޔަފާރި އުސޫލުން މަސްހިފުމަށް ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

ދުނިޔޭގެ މަސްވެރިކަން ސިނާއީ ފެންވަރެއްގައި ކުރިއަށް ގެންދާ ޗައިނާއިން 2022 އިން 2024 އަށް ވަނީ މުޅި ދުނިޔޭގެ މަސްވެރިކަމުގެ 44 އިންސައްތަ ހިއްސާ ކޮށްފައެވެ. ޗައިނާގެ މާކަނޑުގެ މަސްވެރި އުޅަނދުތަކުން ފުނުގައި ދާއަޅައިގެން ހިންގާ މަސްވެރިކަން ފަދަ ކަނޑުގެ ވެށްޓަށް ނޭދެވޭ އަސަރުކުރާ މަސްވެރިކަން ކުރަމުން ދިއުމުން ފާޑު ކިޔުންތައް ގިނަވެ ކަންބޮޑުވުން ފާޅު ކޮށްފައި ވެއެވެ. އަދި މި އުޅަނދުތަކުގައި މަސައްކަތްކުރާ ފަޅުވެރިންނަށް އިންސާނީ ޙައްޤުތަކުގެ އަސާސީ ކަންކަން ފުއްދައި ނުދޭ ކަމށްވެސް ބުނެ ޝަކުވާތަކެއްވެސް ކޮށްފައި ވެއެވެ. މި އުލަނދުތަކުގައި މަސައްކަތް ކުރާ އެންމެނަކީ ޗައިނާގެ ރައްޔިތުންނެއް ނޫނެވެ.

ޗައިނާގެ މަސްވެރި ފުޅަނދުތައް ހަރަކާތްތެރި ވަނީ ގަނޑު ކޮށް 300 އުޅަނދު އެއްފަހަރާއެވެ. އެގޮތުން މި އުޅަނދުތަކުގައި ގެންގުޅޭ އިންޑޮނޭޝިއާގެ ފަޅުވެރިންގެ 99 އިންސައްތަ މީހުންނަށް ގަވާއިދުން މުސާރަ ނުލިބޭކަމުގެ ޝަކުވާއަކީ އާންމު ކަމެކެވެ. އަދި 97 އިންސައްތަ މީހުން ދަރަނީގެ އަޅުވެތިކަމުގައި ތިބޭކަމަށްވެސް ބުނެއެވެ. އަދި ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ޖިސްމާނީ އަނިޔާ ލިބޭކަމުގެ ޝަކުވާވެސް ވަނީ ކޮށްފައެވެ. ގިނަ ފަޅުވެރިން މަސައްކަތްކުރަނީ ދުވާލަކު 20 ގަޑިއިރު ކަމަށް ވެއެވެ. އަދި އެމީހުންނަށް އެކަށީގެންވާ ސިއްޙީ ފަރުވާއެއް ނުލިބި، ދިގު މުއްދަތަކަށް ކަނޑުމަތީގައި ބަންދުކުރެވިފައި ތިބެއެވެ.

ޗައިނާގެ އުޅަނދުތަކުން ޤާނޫނާ ޚިލާފަށް މަސްވެރިކަންކުރުމުގެ ސަބަބުން އާޖެންޓީނާއާއި އެކުއެޑޯ ސަރަހައްދުގައި ކޯސްޓްގާޑުން ހަރަކާތްތެރިވެ އެމީހުން ފައްސާލަމުން ދެއެވެ. އަދި ޚާއްޞަކޮށް ގެލަޕަގޮސް ފަދަ ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގައި އުޅަނދުގެ ޓްރެކިންގ ސިސްޓަމްތައް ނިއްވާލައިގެން މަސްވެރިކަންކުރާކަން ފާހަގަ ކޮށް ފާޑު ކިޔާފައި ވެއެވެ. މިކަމުގެ ސަބަބުން ކަނޑުގެ ވަސީލަތްތަކަށާއި ކަނޑުގެ އައްސޭރިފަށް ހިއްސާކުރާ ޤައުމުތަކުގެ ކާނާގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކުރަމުން ދާކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަލަތައް ޙައްލުކުރުމަށް، އުޅަނދުތައް ޓްރެކްކުރުން މަޖުބޫރުކުރުމާއި، މިނިވަން އޮބްޒާވަރުން ބޭނުންކުރުމާއި، މަޖުބޫރުން މަސައްކަތްކުރުވައިގެން ނުވަތަ ޤާނޫނާ ޚިލާފަށް ހޯދާ މަހުގެ ވިޔަފާރި ހުއްޓުވުމަށް އދންވެސް ގޮވާލާފައި ވެއެވެ. ނަމަވެސް ޗައިނާއިން ބުނަނީ އެޤައުމުން ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރަމުންދާ ކަމަށެވެ.

ހިއްސާ ކުރައްވާ!