އިސްލާމޯފޯބިއާ: މުސްލިމު އާއިލާއަށް ބިރު ދައްކައި މިސްކިތް ގޮއްވާލަން އުޅުނު މީހާއަށް ދައުވާ ކޮށްފި

ކެނެޑާގެ މުސްލިމް މުޖުތަމައުގެ މެދުގައި ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އޮންޓޭރިއޯގެ ނިއުމާކެޓްގައި ހުންނަ މިސްކިތަކާއި މުސްލިމް އާއިލާއެއްގެ ގެއެއް ގޮއްވާލާނެ ކަމުގެ އިންޒާރު ދިން އުމުރުން 54 އަހަރުގެ މީހާއަށް ދައުވާ ކޮށްފިއެވެ.

ޔޯކް ރީޖަނަލް ފުލިހުން ބުނީ މުސްލިމް މުޖުތަމައަށް އިންޒާރު ދިނުމަކީ ނަފްރަތުގެ ހާދިސާއެއް ކަމަށެވެ.

މި ހާދިސާގައި ދައުވާ ކޮށްފައިޥާ މީހާއަކީ ގޭސް ގުލައި ދިނުމާ ބެހޭ ތަޖުރިބާ ކާރެކެވެ. އޭނާ ވަނީ އެ ދާއިރާއިން އޭނާގެ ތަޖުރިބާ ބޭނުންކޮށްގެން ގޭސް ލައިންތަކަށް ގެއްލުންދީ، މުސްލިމް އަވަށްޓެރިޔާގެ ގެ ގޮއްވާލާނެ ކަމަށް ބުނެފަ އެވެ.

މިމީހާއަކީ މުސްލިމް އާއިލާއާ ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިކަން ބޭއްވި މީހެކެވެ. ނަމަވެސް އެހެން އަވަށްޓެރިއެއްގެ ގާތު އޭނާ ވަނީ މުސްލިމް އާއިލާ މަރާލާނެ ކަމަށާއި މިސްކިތް ގޮއްވާލާނެ ކަމަށް ބުނެފައެވެ. އެއަށްފަހު އަވަށްޓެރިޔާ ކަމާބެހޭ ފަރާތްތަކަށް އެކަން އެންގީއެވެ.

މިކަމުގައި ޝައްކު ކުރެވޭ މީހާއަކީ އިންޓަނެޓްގައި އިސްލާމޯފޯބިކް އަދި މުސްލިމުންނާ ދެކޮޅު ކޮންޓެންޓްތައް ބަލައި އޭގެ އަވައިގައި ޖެހިފައިވާ މީހެކެވެ.

ހިއްސާ ކުރައްވާ!