ޗައިނާއިން ވަނީ ތައުލީމާއި މަސައްކަތުގެ އަގު ވަޒަން ނުކުރާ ފަރާތްތަކާއި އަދި ގައުމީ ތަރައްގީގެ މަސައްކަތާއި ކުރިއެރުމާ މެދު ސުވާލު އުފައްދާ މީސްމީޑިއާގެ އިންފްލޫއެންސަރުންނާއި ކޮންޓެންޓްތަކަށް އަމާޒު ކުރަން ފަށާފައެވެ. ޗައިނާގެ މަގްސަދަކީ، މިސްމީޑިއާގައި ހިމެނޭ "ފޫހި ކޮންޓެންޓް" ނައްތާލުން ކަމަށް މަސްއޫލުވެރިން ވިދާޅުވެއެވެ.
ސައިބަރ ސްޕޭސް އެޑްމިނިސްޓްރޭޝަން އޮފް ޗައިނާ (ސީއޭސީ) އިން ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމި ފިޔަވަޅުތައް ތަންފީޒު ކުރަން ފެށީ ސެޕްޓެމްބަރު 22 ވަނަ ދުވަހު އެވެ. އެގޮތުން ލައިވްސްޓްރީމް މަނާކޮށް މީހުންގެ މެދުގައި މާޔޫސްކަން ވެރިވާ ނުވަތަ ފޫހިކަން އިތުރުކޮށްދޭ ޕޯސްޓްތައް ޑިލީޓް ކުރަން ފަށާފައި ވެއެވެ.
މި ރޮނގުން އެންމެ ފުރަތަމަ ޝިކާރައަކަށްވި މީހުންގެ ތެރޭގައި ޗައިނާގެ ޔުނިވާސިޓީތަކަށް ވަނުމުގެ ނިޒާމަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔާ މަޝްހޫރު އެކަޑަމިކް އެޑްވައިޒަރެއް ކަމަށްވާ ޕްރޮފެސަރު ޒާންގް ޒުއެފެންގް ހިމެނެ އެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިފަދަ ފިޔަވަޅުތަކަކީ އިގްތިސާދީ ގޮތުން ކުރިއަރަމުން އަންނަ އިރު ދިމާވާ ނުތަނަވަސްކަމުގެ ތެރޭގައި "ތަހުޒީބު އަދި ބުއްދިވެރި އޮންލައިން މާހައުލެއް" ބިނާކޮށް އުފެއްދުމެވެ.
ފާޑުކިޔުންތެރިން އިންޒާރު ދެނީ މިފަދަ ފިޔަވަޅުތަކުން، މިހާރުވެސް ހަނިވަމުން އަންނަ ޚިޔާލު ފާޅުކުރުމުގެ މާހައުލު އިތުރަށް ހަނިވެގެން ދާނެ ކަމަށެވެ.






