ސްކައި އެސްކަލޭޓަރަކީ ކޮންމެހެން ބޭނުން މަޝްރޫއެއްތޯ ސުއާލު އުފައްދައިފި

ޗައިނާގެ ޔުންޑިންގ ސްކައި ލެޑާއަކީ، 18 މިލިއަން ޑޮލަރު ހޭދަކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރުއެކެވެ. މިއީ ޗައިނާގެ އިންޖިނިއަރިންގެ ކުޅަދާނަކަން ދައްކައިދޭ މަޝްރޫއެއް ކަމުގައި ސިފަ ކުރެވުނު ނަމަވެސް އާންމު ރައްޔިތުން ގަޔާވި މަޝްރޫއެއް ނޫނެވެ. އާންމު ރައްޔިތުން ވަނީ ޗައިނާއިން ލިންގްޝަން ފަރުބަދައިގައި 700 މީޓަރުގެ ދިގު އެސްކަލޭޓަރެއް އެޅުމަށް ހޭދަ ކުރި 18 މިލިއަން އެމެރިކާ ޑޮލަރަކީ އިގްތިސާދީ ދަތި ހާލަތެއް ދިމާވެފައިވާ ދުވަސްވަރަކަށް އެކަށީގެން ނުވާ މަޝްރޫއެއް ކަމަށް ބުނެފައެވެ. "ޔުންޑިންގ ސްކައި ލެޑަރ" ގެ ނަމުން މަޝްހޫރުވެފައިވާ މި މަޝްރޫޢު ފެށުނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ނަމަވެސް، އާންމުންގެ ފާޑުކިޔުންތަކާ ގުޅިގެން އެންމެ ހަފްތާއެއްގެ ތެރޭގައި ހުއްޓާލަން ޖެހުނެވެ.

މި މަޝްރޫޢުއަށް 127.9 މިލިއަން ޔުއާން ކަނޑައެޅިފައިވާއިރު، 2023 ގެ ނިޔަލަށް ހޭދަކޮށްފައި ވަނީ އެންމެ 42 މިލިއަން ޔުއާނެވެ. މިއީ ތިމާވެށްޓަށް ގެއްލުން ލިބޭ، އަދި ވަޒީފާގެ ފުރުސަތުތައް މަދުވަމުންދާ ދަނޑިވަޅެއްގައި ކުރެވުނު ބޭކާރު ޚަރަދެއް ކަމަށް ވެސް ގިނަ ބަޔަކު ދެކިގެން ވީޗެޓްގައި ފާޑު ކިޔާފައި ވެއެވެ.

މިފަދަ މަޝްރޫޢުތަކަކީ ޗައިނާގެ ވެރިންގެ ޖީ.ޑީ.ޕީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިންގާފައިވާ، ކަމެއް ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. އަދި މާޒީގައި ހިންގާފައިވާ މިފަދަ އެހެން މަޝްރޫއުތަކ ާއެއްފަދައިން މިއީވެސް ކޮރަޕްޝަނަށް މަގުފަހިވާ މަޝްރޫޢުއެއް ކަމަށް ވެސް ތުހުމަތު ކޮށްފައި ވެއެވެ. މިފަދަ މަޝްރޫޢުތަކުގައި ބަޖެޓު ބޮޑުކޮށް، ސިޔާސީ ގުޅުން ހުރި ކުންފުނިތަކަށް މަސައްކަތް ޙަވާލުކުރާކަން ތަޙުޤީޤުތަކުން ހާމަވެފައިވެއެވެ. އަދި މިފަދަ ކަންކަމުގައި ޗައިނާއިން ހަރުކަށި ފިވަޅުވެސް އަޅާފައި ވެއެވެ.

ޗައިނާގެ ދަރަނި އިތުރުވަމުންދާ ދަނޑިވަޅެއްގައި، ލިންގްޝަން ސްކައި އެސްކަލޭޓަރަކީ ނުރަނގަޅު އިސްކަންދިނުމުގެ ނިޝާނެއް ކަމުގައި އާންމުން ދެކެއެވެ.

ހިއްސާ ކުރައްވާ!