ޗައިނާއާއި އެމެރިކާގެ ދެމެދުގައި އޮތް ވިޔަފާރިއާއި ޓެކްނޮލޮޖީގެ ގުޅުން ގޯސްވަމުންދިއުމާ ގުޅިގެން ޗައިނާއިން ވަނީ ސަރުކާރުގެ ލިޔެކިޔުންތަކުގައި މައިކްރޯސޮފްޓް ވޯޑް ބޭނުން ކުރުން ހުއްޓާލަން ނިންމާފައެވެ. އޭގެ ބަދަލުގައި ޗައިނާއިންބޭނުން ކުރާނީ އަމިއްލަ ސޮފްޓްވެއަރއެއް ކަމަށްވާ ޑަބްލިއުޕީއެސް އެވ.ެ މިއީކިންގ ސޮފްޓް ކުންފުނިްނ އުފައްދާފައިވާ ސޮފޓްްވެއަރ އެކެވެ. ވޯޑްގައިޮ ޑަބްލިއު ޕީއެސް ފައިލެއް ހުޅުވޭނީ އެފައިލްކޮންވާޓް ކޮށްގެންނެވެ. މިކަން ފާހަގަކުރެވުނީ ކޮމާސް މިނިސްޓްރީން ނެރުނު ރެއަރ އަރތް އެކްސްޕޯޓް ކޮންޓްރޯލް ކުރުމާ ގުޅޭ އިއުލާނު ވެސް ހަމައެކަނި ޑަބްލިއުޕީއެސް ފޯމެޓްގައި ނެރުމުންނެވެ.
ޗައިނާއިން ވަނީ ސިވިލް އަދި މިލިޓަރީ ބޭނުންތަކަށް ބޭނުންކުރެވޭ ބައެއް މުހިންމު މައުދަނުތައް އެކްސްޕޯޓްކުރުން އިތުރަށ ްހަރުކަށި ކޮށްފައެވެ. މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ޗައިނާގެ އިމްޕޯޓްތަކަށް 100% އިތުރު ޓެރިފް ނެގުމަށާއި، ކްރިޓިކަލް ސޮފްޓްވެއަރ އެކްސްޕޯޓްކުރުން ހަރުކަށި ކުރުމަށް އިންޒާރުދީފައެވެ.
ޗައިނާގައި އެޑޯބީ އަދި ސިޓްރިކްސް ފަދަ ބޭރުގެ ސޮފްޓްވެއަރ ކުންފުނިތައް ވަނީ މަޑުމަޑުން އެޤައުމުން ފައިބަން ފަށާފައެވެ. މައިކްރޯސޮފްޓްވެސް ވަނީ ޝަންހާއީގައި ހުރި އެކުްނފުނީގެ އޭއައި ރިސަރޗް ލެބްއާއި ޗައިނާގައި ހުރި ހުރިހާ ފިހާރަތައް ބަންދުކޮށްފައެވެ. މީގެ އިތުރުން، ޗައިނާގެ ޗިޕް އުފައްދާ ފަރާތްތަކުން އަމާޒުކުރަނީ އެޤައުމުން އަމިއްލ އޭއައި ޕްރޮސެސަރުތައް އުފެއްދުން ތިން ގުނައަށް އިތުރުކުރުމަށެވެ.






