ބޮލީވުޑްގެ މުސްލިމު ނަންތައް ކިޔާ ތަރިންނާއެކު ސައުދީން ފިލްމު ކުޅެން ނިންމައިފިއެވެ. އެކަން އިއުލާން ކޮށްފައި ވަނީ ސައުދީ ނާޗަރަންގީ ހަރަކާތް ހިންގާ އެންޓަރޓެއިންމަންޓް އޮތޯރިޓީގެ އިސްވެރިޔާ ތުރުކީ އާލުއްޝައިޚު އެވެ. މިއީ ވައްހާބީ ބޮޑު ޝައިޚު މުހައްމަދު ބިން އަބްދުލްވައްހާބުގެ އާއިލާއަށް ނިސްބަތްވާ ބޭފުޅެކެވެ. ސަޢޫދީ އަރަބިއްޔާގެ އެންޓަރޓެއިންމަންޓް އޮތޯރިޓީގެ ވެރިޔާ ތުރުކީ އާލުޝެއިޚް ވަނީ ބޮލީވުޑްގެ މަޝްހޫރު ތިން ތަރި ކަމަށްވާ ޝާރުޚް ޚާން، ސަލްމާން ޚާން އަދި އާމިރު ޚާންއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. މި ފޮޓޯ ނަގާފައިވަނީ ރިޔާޟުގައި ބޭއްވި ނާޗަރަންދީ މޫސުމް 2025 ގައެވެ.
މީގެ އިތުރުން، އާލުއްޝައިޚު ވަނީ "ސައިފުﷲ އަލްމަސްލޫލް ޚާލިދު ބިން ވަލީދު" ގެ ނަމުން އިނގިރޭސި ބަހުން ފިލްމެއް އުފައްދަން ނިންމާފައި ކަންވެސް އިއުލާން ކޮށްފައެވެ. މިއީ ހޮލީވުޑްއާ ގުޅިގެން އުފައްދާ ފިލްމެކެވެ.




