އެމިރޭޓްސްއިން އޮންލައިންގެ ކައިވެނީގެ ވިޔަފާރިއަށް ވަދެފިއެވެ. މި ޚިދުމަތް ލިބެނީ އަބޫދަބީގެ "ތަމް" އެޕް މެދުވެރިކޮށެވެ. މި ޚިދުމަތުގެ އަގަކީ 218 އެމެރިކާ ޑޮލަރު ނުވަތަ 800 އެމިރޭޓްސް ދިރުހަމެވެ. މި ޚިދުމަތް ބޭނުންކުރެވޭނީ އެމިރޭޓްސްގެ ރައްޔިތުންނާއި، ރެސިޑެންޓުންނާއި ބޭރު މީހުންނަށެވެ.
މި ޚިދުމަތް މެދުވެރިކޮށް ކައިވެނީގެ އެންމެހާ ކަންކަން 24 ގަޑިއިރުގެ ތެރޭގައި ނިންމާލެވެއެވެ. މީގެ ތެރޭގައި ފޯމުތައް ފުރުމާއި، ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމާއި، މައުޛޫނަކު ހަމަޖެއްސުމާއި، އަދި ވަރޗުއަލް ކައިވެނީގެ ރަސްމިއްޔާތު ބޭއްވުން ހިމެނެއެވެ. ބޭރުގައި ތިބޭ ފަރާތްތަކަށް ޤާނޫނީ ވަކީލެއް މެދުވެރިކޮށް ކައިވެނި ކުރިއަށް ގެންދެވޭނެއެވެ.
އަދި އިތުރު ފީއެއްގެ ގޮތުގައި 300 ދިރުހަމް (80 އެމެރިކާ ޑޮލަރު) ދައްކައިގެން ކައިވެނީގެ ސެޓްފިކެޓް ޔޫއޭއީގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެޓެސްޓްކޮށް، ޑިޖިޓަލް ސޮއި ޖައްސާލެވޭނެއެވެ. މި ކައިވެނިތަކަކީ ޤާނޫނީ ގޮތުން ޞައްޙަ ކައިވެނިތަކެކެވެ. ނަމަވެސް މުސްލިމުންގެ ކައިވެނިތަކުގައި ޝަރީއަތުން ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވުން ލާޒިމުކޮށްފައި ވެއެވެ.
މި ޑިޖިޓަލް ޚިދުމަތް ތަޢާރަފުކުރުމާއެކު، އާއިލީ އަދި އިޖުތިމާޢީ ގޮތުން ކައިވެނީގެ އާދަކާދަތަކަށް އަންނާނެ ބަދަލުތަކާމެދު ސުވާލު އުފެދިފައިވެއެވެ. ނަމަވެސް މިއީ ފާފަފައަކަށް އަރައިގަތުމުގެ ކުރިން ފަސޭހަ އޮޕްޝަނެއް ޚިޔާރުކޮށްގެން ނިންމާލެވޭ ޚިދުމަތެއް ކަމަށް ބުނެއެވެ.






