ހިންދު ރަޖަބް ޝަހީދުކޮށްލަން އޯޑަރު ދިނީ ޔަހޫދީންނާއެކު އުޅުނު އެމެރިކާ ސިފައިންގެ މީހެއް

ފަލަސްޠީނުގެ އުމުރުން 5 އަހަރުގެ ޝަހީދާ، ހިންދު ރަޖަބްއަށް 355 ވަޒަނުން ހަމަލަދީ އޭނާ ޝަހިދުކޮށްލުމަށް އޯޑަރު ދިނީ ޖެނޮސައިޑް ފޯސްއާއެކު ޖެނޮސައިޑް ހިންގަން އުޅުނު އެމެރިކާގެ ސިފައިންގެ މީހަކު ކަން އަލްޖަޒީރާއިން އާންމު ކުރި ޑޮކިއުމެންޓަރީއެއްގައި ބުނެފިއެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު ޣައްޒާގައި 5 އަހަރުގެ ހިންދް ރަޖަބް އާއި އޭނާގެ އާއިލާގެ މެންބަރުންނާއި، އަދި އެމީހުންނަށް އެހީވާން ދިޔަ ފަލަސްޠީނުގެ ރެޑް ކްރެސެންޓްގެ 2 ޕެރަމެޑިކުން ޝަހީދުކޮށްލާފައި ވެއެވެ. މިޖަރީމާ ހިންގުމަށް އޯޑަރު ދިނީ ޔަހޫދީންގެ ޖެނޮސައިޑް ފޯސްއާއެކު އުޅުނު އެމެރިކާގެ ނޭވީ ސީލް، މޭޖަރ ސީން ގްލާސް ކަމަށް ޑޮކިއުމެންޓަރީގައި ބުނެފައި ވެއެވެ.

ސެޓެލައިޓް މަންޒަރުތަކާއި، އޯޑިއޯ ފޮރެންސިކްސްއާއި ލީކްވެފައިވާ ލިޔެކިޔުންތަކާއި، ސޯޝަލް މީޑިއާ އިން ލިބެން ހުރި މައުލޫމާތުގެ ދިރާސާތަކުގެ އަލީގައި، ހިންދު ރަޖަބް ފައުންޑޭޝަނާ ގުޅިގެން އެތައް ފަރާތަކުން ފުޅާ ދާއިރާއެއްގެ ދިރާސާތައް ކޮށްފައި ވެއެވެ. ފޮރެންސިކް އެނަލިސިސްގައި އިސް ދައުރެއް އަދާކޮށްފައި ވަނީ ލަންޑަންގެ ގޯލްސްމިތު ޔުނިވާސިޓީންނެވެ.

ހިންޖު ރަޖަބްގެ ޤަތުލުއާންމުގައި ބައިވެރިވި ލޭ ބޯ ޔަހޫދީން ހޯދައިފި

ޓޭންކެއްގެ އެތެރެއިން މި ހަމަލާ ދިނުމަށް އަމުރު ކުރި މުޖުރިމަކީ މޭޖަރ ސީން ގްލާސްކަން ވަނީ ހާމަވެފައެވެ. އައިޑީއެފްގެ 401 ވަނަ އާމަޑް ބްރިގޭޑްގެ "ވެމްޕަޔަރ އެމްޕަޔަރ" ޔުނިޓުން ދިން މި ހަމަލާގައި ހިންދް ރަޖަބް އާއި އޭނާގެ އާއިލާ މީހުން ތިބި ކާރަށް 355 އަށް ވުރެން ގިނަ ވަޒަން އަމާޒުކޮށްފައިވެއެވެ.

މި މައްސަލައިގައި ހިންދް ރަޖަބް ފައުންޑޭޝަނުން ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ދައުވާ މި މުޖުރިމުންނަށް ދައުވާ ކޮށްފައެވެ. މި މައްސަލައިގައި ގްލާސް އާއެކު ޖެނޮސައިޑް ހިންގާ ޔަހޫދީ ސިފައިންނާއި ކޮމާންޑަރުންގެ 24 މީހުންގެ މައްޗަށް ހަނގުރާމައިގެ ޖަރީމާ ހިންގުމާއި އިންސާނިއްޔަތާ ޚިލާފް ޖަރީމާ ހިންގުމާއި، ނަސްލު ނައްތާލުމުގެ ދަޢުވާތައް ކޮށްފައިވެއެވެ.

މި ޑޮކިއުމެންޓަރީއަށް ފަހު ސޯޝަލް މީޑިއާގައި ވަނީ ގްލާސްގެ މައްޗަށް ދަޢުވާ އުފުލައި، އޭނާއަށް އަދަބު ދިނުމަށް ގޮވާލާފައިވެއެވެ.

ހިއްސާ ކުރައްވާ!