ޖަރީމާއެއް ހިނގާތަނެއްގައި އުޅޭ ތަތްމަކުނު ދޭ ހެކި ބަހުން ކުށްސާބިތު ކުރެވޭނެ

އަންހެނަކު ރޭޕްކޮށް އެއް ދާން ކޮށްފައި ދިއުމުން ދެނެއް ސަލާމަތެއް ނުވާނެއެވެ. ކުރިމަގުގައި މިފަދަ ހާލަތްތަކުގައި ތަހުގީގަށް ފުލުހުން ބޭނުން ކުރާނީ ތަތް މަކުނެވެ. އެސޮރުމެން އެ ޖަރީމާއަކާ ބެހޭ ގޮތުން ދޭ ހެކިބަސް ބަލައި ގަނެ ކުށް ސަބިތު ކުރުމަށް މަގުފަހި ވެގެން ދާނެއެވެ.

ޔުނިވާސިޓީ ސައިންސް މެލޭޝިއާ (ޔޫއެސްއެމް) ގެ އެންޓޮމޮލޮޖިސްޓް އަބްދުލް ހާފިޒް އަބްދުލް މަޖީދު ވިދާޅުވާ ގޮތުގައި ތަތް މަކުނަކީ އާންމުކޮށް އެނދުމަތި ދޫކޮށް ދުރަށްދާ ސޫއްޕެއް ނޫން ކަމަށެވެ. އަދި އެސޮރުމެން މީހެއްގެ ގައިން ލޭ ބޮއެފިނަމަ އެސޮރުމެން އެ ލޭގެ އަސަރު ފަންސަޔާޅީސް ދުވަސްވަންދެން އެސޮރުމެންގެ ހަށި ގަނޑުގައި ބަހައްޓާނެ އެވެ. އެހެންވެ، ޖަރީމާއެއް ހިނގައި ފިނަމަ އެ ޖަރީމާ ހިނގިތަނަކުން ނަގާ ތަތްމަކުނުގެ ލޭގެ ސާޕަލްއިން މީހާގެ ޑީއެންއޭ ދަނެގަނެވޭނެއެވެ. އަދި މީގެ އެންމެ ޚާއްސަ ކަމަކީ މަދިރިއާއި އެހެން ސޫއްޕާ ޚިލާފަށް ތަތްމަކުނު އުޅޭނީ އެސޮރުމެން އެ އުޅޭ ހިސާބެއްގައެވެ. އެސޮރުމެން އެންމެ ދުރަށް ދަތުރު ކުރާނީ 20 ފޫޓަށެވެ. އެހެންވެ، ޖަރީމާއެއް ހިނގާތަނެއްގައި އުޅޭ ތަތްމަކުނުގެ ހެކިބަސް ސައްޙަވެފައި އެއަށް ބުރަދަނެއް ދެވޭނެ އެވެ.

އަބްދުލްމަޖީދު ވިދާޅުވަނީ މި ހޯދުންތަކާއެކު ތަތްމަކުނު ބޭނުންކޮށްގެން އެސޮރުމެންގެ ލެއިން ސާމްޕަލް ނަގައިގެން މުޖުރިމުންގެ ޑީއެންއޭ ދަނެގަނެވޭނެ ކަމަށެވެ. މާނައަކީ ލޮލުގެ ކުލައާއި ޖިންސާއި ހަމުގެ ކުލައާއި ނަސްލު ހޯދައި ގަނެވި ފަސޭހައިން މުޖުރިމު އަތުލައި ގަނެވޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!