ޗައިނާއިން ޓައިވާން ހިފުމުގެ ނުރައްކާތައް އިތުރުވަމުންދާތީ، އެކަމުގެ ސީދާ އަސަރު ފިލިޕީންސްއަށް ކޮށް ސަރަހައްދީ ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމުގެ ބިރު ހިމެނޭ ކަމަށް މެނީލާއިން ބުނެއެވެ. އެމެރިކާއާ އެކު ވެފައިވާ، އެންހަންސްޑް ޑިފެންސް ކޯޕަރޭޝަން އެގްރީމަންޓް (އީޑީސީއޭ) އެއްބަސްވުމުގެ ދަށުން ފިލިޕީންސްގައި އެމެރިކާ ސިފައިން ބައިތިއްބާފައި ވެއެވެ. އަދި ހަމނުރާމައެއް ފެށިއްޖެނަމަ، ޗައިނާގެ ހަމަލަތައް ފިލިޕީންސްގެ ނުވަ އަސްކަރީ މަރުކަޒަކަށް އަމާޒު ވާނެ ކަމަށް މުހައްލިލުން އިންޒާރު ދެ އެވެ.
ޖަޕާނާއި ޗައިނާއާ ދެމެދުގެ ބަހުގެ ހަމަލަތަކަށް ފަހު ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ މަސްރަހު ވަނީ ހޫނު ވެފައެވެ. އަދި ޖަޕާނުން ވަނީ ޗައިނާއިން ޓައިވާނަށް ދޭ ހަމަލާއަކީ ޖަޕާނު "ދިރި ދެމި ހުރުމަށް ނުރައްކާވާ ހާލަތެއް" ކަމަށް އިއުލާންކޮށް އިންޒާރު ނެރެފައެވެ. އަދި ޖަޕާނުން ދެކެނީ އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެމެރިކާ އާއި އެހެން ބާރުތައް އެ ހަމަނުޖެހުމުގެ ތެރެއަށް ދަމައިގަތުން އެކަށީގެންވާ ކަމެއް ކަމަށްވެސް ބުނެފައެވެ. ފިލިޕީންސް އިން ދެކެނީ މެނީލާ ވަނީ ޖަޕާނާއި ޓައިވާނާއި ދެކުނު ޗައިނާ ކަނޑާ ކައިރިކަމުން، މި ހަމަނުޖެހުމުގެ ހަމަލަތައް އަމާޒުވާ ހިސާބުގައި އޮތް ކަމަށެވެ.
ޗައިނާއިން ވަނީ ފިލިޕީންސްގެ ސަރަހައްދު ކައިރީގައިވާ ފަރުތަކާއި އާޓިފިޝަލް ޖަޒީރާތަކުގައި ރަންވޭތަކާއި ރާޑަރު ސިސްޓަމްތަކާއި ކަނޑުގެ ސިފައިންގެ މަރުކަޒުތައް ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި އަސްކަރީ އިންފްރާސްޓްރަކްޗާ ބިނާކޮށްފަ އެވެ. މި މިތަންތަން ބިނާ ކުރުމުގެ ސަބަބުން ފިލިޕީންސްގެ މަރުކަޒުތައް ވަށާލައި، ފިލިޕީންސްގައި ބަނޑަޖަހާފައިވާ އެމެރިކާ ސިފައިންނާ ދެކޮޅަށް ބެއިޖިންއަށް ހަމަލާދިނުމަށް ޤާބިލުކަން ލިބިގެންދެއެވެ.
އެމެރިކާއާއި ފިލިޕީންސްގެ ޑިފެންސް މުއާހަދާއިން ލިބޭ އިގްތިސާދީ ފައިދާ ކުޑަ ކަމަށް ބުނެއެވެ. އަދި މިސައިލް ހަމަލާތަކާއި ހިއުމަން ޓްރެފިކިންއާއި ކުރީގެ ސުބިކް އަދި ކްލާކް ބޭސްތަކުގައި އެމެރިކާއިން ކަންކޮށްފައިވާ ގޮތް ހަނދާންކޮށްދޭ އިޖުތިމާއީ މައްސަލަތައް މަތިންވެސް ހަނދާން ކޮށްދެއެވެ.





