ރަޝިޔާއާ ގަލްފްގެ ގައުމުތަކާ ދެމެދު ހަފްތާއަކު 330 ފްލައިޓް

ރަޝިޔާ، ޕާޝިއަން ގަލްފް ގައުމުތަކުގެ މެދުގައި ހަފްތާއަކު 330 އަށް ވުރެ ގިނަ ފްލައިޓް ދަތުރު ކުރެއެވެ.  ރަޝިޔާގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މެކްސިމް ރެޝެޓްނިކޯވް ވިދާޅުވީ ރަޝިޔާއާއި އޭާޝިއާ އާ ދެމެދު ގުޅައިދޭ މައިގަނޑު ސަރަހައްދަކީ ގަލްފްގެ ގައުމުތައް ކަމަށެވެ.

ރަޝިޔާ އާއި ފާރިސީ ކަނޑުއޮޅިގހެ ގައުމުތަކާ ދެމެދު ރަޝިޔާ އާއި ބޭރުގެ އެއާލައިންތަކުން ހަފްތާއަކު 330 އަށް ވުރެ ގިނަ ފްލައިޓް ދަތުރުތައް ބާއްވާ ކަމަށް ކަމަށް ރަޝިޔާގެ ވަޒީރު ވިދާޅުވި އެވެ.

މި ދަތުރުތަކަކީ ރަޝިޔާއާއި އޭޝިއާގެ ގައުމުތައް ގުޅުވާލަ ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ވިދާޅުވަމުން ރެޝެޓްނިކޯވް ވިދާޅުވީ، ގިނަ އެއާޕޯޓްތަކަކީ ބޮޑެތި ހަބްތަކެއް ކަމަށެވެ. އަދި ރަޝިޔާއިން އަންނަ ބައެއް މީހުން އިތުރަށް ޔޫރަޕަށް ދަތުރުކުރާއިރު އަނެއް ބަޔަކު އެފްރިކާއަށާއި އޭޝިއާގެ މަންޒިލުތަކަށް މިތަންތަނުން ފުރައިގެން ދާކަމަށް ވިދާޅުވިއެވެ.

ރަޝިޔާގެ ސެއިންޓް ޕީޓާސްބާގް، ކާޒާން، ސޯޗީ އަދި ކަޓެރިންބާގްގައި ރަޝިޔާގެ ހަބްތަކާއެކު ވެސް މެދުއިރުމަތީގެ ހަބްތައް ވައިގެ ދަތުރުފަތުރުން ގުޅުވައިދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

ހިއްސާ ކުރައްވާ!