މިސްކިތްތަކުގެ ސަލާމަތީ ކަންކަމަށް 30 މިލިއަން ޕައުންޑް

އިނގިރޭސިވިލާތާއި އުތުރު އަޔަލޭންޑްގައި ހިނގި ހަމަނުޖެހުންތަކުގައި މިސްކިތްތަކަށް ހައްދުފަހަނައަޅާފައިވާ ދޮންމީހުން ދިން ސިލްސިލާ ހަމަލާތަކާއެކު އިނގިރޭސި ސަރުކާރުން މިސްކިތްތަކުގެ ޙިމާޔަތުގައި 30 މިލިއަނެއްހައި ޕައުންޑު ކަނޑައަޅައިފިއެވެ.

މި އާ ރެޕިޑް ރެސްޕޮންސް ޕްރޮސެސްގެ ސަބަބުން ނުރައްކާ ކުރިމަތި ވެދާނެ މިސްކިތްތަކަށް ސެކިއުރިޓީއަށް އިތުރު މުވައްޒަފުން އަވަހަށް ލިބޭނެ އެވެ. އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ ކޫޕަރ އިޢުލާން ކުރެއްވިގޮތުގައި ސަރުކާރުން މިސްކިތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް  29.4 މިލިއަން ޕައުންޑް (ގާތްގަނޑަކަށް 37.65 މިލިއަން ޑޮލަރު) ހޭދަ ކުރާނެއެވެ.

ޔޫކޭގައި ހަމަނުޖެހުން އުފެދުނީ ރުވާންޑާން ހިޖުރަކޮށްފައިވާ ނަސޯރާ ޢާއިލާއެއްގެ ޒުވާނަކު އަންހެން ކުދިންތަކަކަށް ވަޅިން ހަމަލަ ދިނުމާ ގުޅިގެންނެވެ. އެޙަމަލާއަށް ފަހު ޔޫކޭގެ ޒަޔަނިސްޓުން މީސްމީޑިއާގައި މުސްލިމުން ބަދުނާމުކޮށް އެކަން ކުރީ މުސްލިމުން ކަމަށް ބުނެ ވާހަކަ ފެތުރުމާ ގުޅިގެން ހައްދުފަހަނައަޅާފައިވާ ދޮން މީހުން މުސްލިމުންނާއި މިސްކިތްތަކަށް ޙަމަލަ ދޭން ނިކުތީއެވެ. އެއަށްފަހު އެމީހުން ވަނީ ދޮން މީހުން ނޫން ކޮންމެ ނަސްލެއްގެ މީހުންނާ މަގުމަތިން ދިމާކޮށް، އޭގެ އިތުރުން ތަންތާނގައި ހުޅުޖަހައި ލޫޓުވާފައެވެ.

ސަރުކާރުން ވަނީ 24 ގަޑިއިރަށް ކޯޓުތައް ހުޅުވައިގެން މި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް އަންގާފައެވެ.

ހިއްސާ ކުރައްވާ!