ޣައްޒާގެ މީހުންނަށް ފޭރާމާއި ފައިވާން ލިބުން ދަތިކަމަށް ވެފައި

ޔަހޫދުންގެ އަނިޔާވެރި އިސްތިއުމާރާއެކުވެސް ފަލަސްޠީނު މީހުން އެމީހުންގެ އުފެއްދުންތައް އުފައްދަމުން ދިޔައެވެ. ޒަޔަނިސްޓުން ޣައްޒާ ސުންނާފަތިކޮށްލުމާ ހަމައަށްވެސް ޣައްޒާގައި ފޭރާންވިޔާ 900 ފެކްޓްރީ ހުއްޓެވެ. އެތަންތާނގައި 30 ހާހަށް ވުރެން ގިނަ މީހުން ވަޒީފާ އަދާ ކުރަމުން ދިޔައެވެ. ވޯލްޑް ބެންކުން ބުނާ ގޮތުގައި، ޣައްޒާގެ ސިނާއީ މަސައްކަތުގެ 80 ޕަސެންޓް ޔަހޫދުން ވަނީ ސުންނާފަތި ކޮށްލާފައެވެ.

ޣައްޒާގެ 2.4 މިލިއަން މީހުން ބުނާ ގޮތުގައި އެމީހުންނަށް އުނުއަނުމުގެ މައްސަލައަކީ މިހާރު ބޮޑު މައްސަލައެކެވެ. މީހުން އަބަދު ލައިގެން ތިބެން ޖެހެނީ އެއް ހެދުމެކެވެ. އަދި ފައިނާއި ބޫޓު ވެސް މީހުން އެއްބަޔަކު އަނެއްބަޔަކަށް ޙިއްސާ ކުރަމުން ދެއެވެ. ގިނަ މީހުން އުޅެނީ ހުސްފަޔާއެވެ. އަންހެނުން ބުނާ ގޮތުގައި އެމީހުން އަބަދުވެސް އަޅައިގެން ތިބެން ޖެހެނީ އެއް ބުރުގާއެކެވެ.

 

ހިއްސާ ކުރައްވާ!