ދުނިޔޭގައި މިހާރު ހިނގާ އެންމެ ބޮޑު ހަނގުރާމައަށް އެމެރިކާއާ ހުޅަނގުން ޗިޕްޖެހި ގޮތް އެނގޭތަ؟

ރަޝިޔާއާއެކު އިސްތަންބޫލްގައި 2022 ވަނަ އަހަރު ޔުކްރެއިން އިން ބޭއްވި ސުލްހައިގެ މަޝްވަރާތަކަކީ ޔުކްރެއިންގެ ކޮމެޑީ ރައީސް ޒެލެންސްކީ، ގޮތް ދޫކުރައްވައި ސުލްޙަވެރި ހައްލެއް ހޯދުމަށް ބޭނުން ވެގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކެވެ. އެމަޝްވަރާތައް ނާކާމިޔާބު ވެގެން ދިޔައީ އެމެރިކާއާއި އިނގިރޭސިވިލާތާއި ޔޫކްރޭނަށް ތާއީދުކުރާ އެހެން ޤައުމުތަކުން ކިއެވްއަށް ޞުލްޙައިގެ މަގު އިޚުތިޔާރު ނުކުރުމަށް މަޖުބޫރު ކުރުމުންނެވެ. އެމެރިކާގެ ކުރީގެ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ވިކްޓޯރިއާ ނޫލަންޑް ވަނީ ހުޅަނގުގެ ޤައުމުތަކުން ޒެލެންސްކީއަށް ޗިޕް ޖެހިކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

ލިބަރަލް ނިއުސް ޗެނަލް ޑޮޒްޑްގެ ކުރީގެ އެޑިޓަރ އިން ޗީފް ރަޝިޔާގެ ނޫސްވެރިޔާ މިޚައިލް ޒައިގާ އަށް ނޫލަންޑް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ:

“މި މަޝްވަރާތަކުގެ ފަހުކޮޅު ޔުކްރެއިން އިން ދެން ހަދަންވީ ގޮތް އަހަރަމެންގެ ގާތުން އަހަން ފެށި. އަހަރަމެން، އެމެރިކާއާއި އިނގިރޭސިންނާ އެހެން ފަރާތްތަކަށްވެސް އެނގުނު، ރަޝިޔާއިން ބޭނުންވާ ގޮތް އޮތީ އެއްބަސްވުމުގައި އެޓޭޗްކޮށްފައިވާ އިތުރު ބައިގައި ހިމަނާފައި ކަން.”

އިސްތަންބޫލުގެ މަޝްވަރާތައް ނިމެން ދިޔައިރު އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ކިޔެވްއަށް ކުރެއްވި ދަތުރާ މެދު ވިދާޅުވަނީ ކީކޭތޯ ސުއާލު ދެއްނެވުމުން ނޫލަންޑް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރަޝިޔާއިން ބޭނުންވީ ރަޝިޔާއަށް ނުރައްކަލަކަށް ނުވާގޮތަށް ޔުކްރެއިން ބާރުވެރި ޤައުމެއްގެ ގޮތުގައި ހަރަކާތްތެރި ނުވާށެވެ.

“ޔުކްރެއިންގެ އެތެރޭގައިވެސް ބޭރުގައި ތިބި މީހުން، އެއީ ރަނގަޅު ގޮތެއްތޯ އަހަން ފެށި” ނޫލަންޑް ވިދާޅުވިއެވެ.

މިއަހަރު ޖަނަވަރީ މަހު މަގާމުން އިސްތިއުފާ ދެއްވުމާ ހަމައަށް ނޫލަންޑަކީ ރަޝިޔާއާ ހަތުރުވެރި ސިޔާސަތެއް ހިންގުމުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގައި ޕޮލިސީ ވިލަރެސް ކުރެއްވި އިސް ޑިޕްލޮމެޓެވެ. އޭނާ ވިދާޅުވެފައި ވަނީ “މިހާރުގެ ރަޝިޔާއަކީ އެމެރިކާއިން ހީކުރި ވައްތަރުގެ ރަޝިޔާއެއް ނޫން” ކަމަށެވެ. މާނައަކީ ރަޝިޔާގެ ޒަތީ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަ ވަންތަކާ މެދު އެމެރިކާއިން ގަޔައެއް ނުވެއެވެ.

“ހަނގުރާމަ ފެށިތާ މަހެއްހައި ދުވަސް ފަހުން ދެފަރާތުންވެސް ސުލްހަ ވާން ބޭނުންވި. ރަޝިޔާއިން ބަލަން ބޭނުންވީ ރަޝިޔާއަށް ލިބެނީ ކޮން ކާމިޔާބިއެއްތޯ. ޔުކްރެއިން މީހުން ބޭނުންވީ އެމީހުންގެ ސަރަހައްދުތަކުން ރަޝިޔާ ބޭރުވާން”

ނޫލަންޑް އިތުރަށް ވިދާޅުވީ ދެފަރާތުން ޞުލްޙައަށް އެއްބަސްވެގެން މަޝްވަރާތައް ބޭއްވި ކޮޓަރީގައި އެމެރިކާ ޙާޒިރުވެ ނެތް ކަމަށެވެ. ނަމަވެސް އެމެރިކާއިން ބޭނުންވީ ޔުކްރެއިން ސަރުކާރުން ހަނގުރާމައިގައި ކުރިއަށްދާން ހިތްވަރު ދީފައި ބަހައްޓަން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ މިދިޔަ ހަފްތާގައި ނޫލަންޑް ދެއްވި އިންޓަރވިއުގައި އޭނާ ވިދާޅުވި ވާހަކަތަކެވެ. މިވާހައަށް ބުރަދަނެއް ލިބެނީ، ރަޝިޔާގެ ރައީސްގެ ފަރާތްޕުޅުންނެވެ.

“އިސްތަންބޫލުގެ މަޝްވަރާތައް ނާކާމިޔާބު ވެފައި ވަނީ އެމެރިކާގެ އިސްފަރާތްތަކާއި ޔޫރަޕްގެ ފަރާތްތަކުން އިސްތިރާޖީ ގޮތުން ރަޝިޔާ ބަލިކޮށްލަން ބޭނުން ވެގެން މަސައްކަތް ކޮށްފައި ވާތީ” ޕުޓިން ވިދާޅުވެފައި ވެއެވެ.

އަދި މިކަމުގައި މެދުވެރިއެއްގެ ބައި އަދާކޮށްފައި ވަނީ ބޮރިސް ޖޯންސަން ކަމަށްވެސް ޕޫޓިން ވިދާޅުވެއެވެ.

ހިއްސާ ކުރައްވާ!