ޗައިނާގެ ބޮޑެތި ޓެކް ކުންފުނިތައް މިނިވަން ވިޔަފާރިއަށް ދޫކޮށްލަނީ

ޗައިނާއިން މި ދެ އަހަރުގެ ބޮޑު ބައެއް ހޭދަ ކުރީ ޗައިނާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނުތައް ކޮންޓްރޯލުކޮށް އޮބި އަޅާށެވެ. އެ ކުންފުނިތަކުގެ ތެރޭގައި އަލީބާބާ ގްރޫޕް ހޯލްޑިން، ޓެންސެންޓް ހޯލްޑިންގްސް އަދި ޑީޑީ ގްލޯބަލް އާއި އެކުންފުނިތައް އުފެއްދި ޗައިނާގެ އެންމެ މުއްސަނދި މަހާސާދާގަރުން ހިމެނެއެވެ.

2023 ވަނަ އަހަރުން ފެށިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ސަރުކާރުން ވަނީ ކުރިން އެޅި ފިޔަވަޅުތަކަށް ލުޔެއް ދޭން ފަށާފައެވެ. ޝީގެ ސަރުކާރުން ބުނެފައި ވަނީ ޓްރިލިއަން ޑޮލަރުގެ އިޤްތިޞާދީ ދާއިރާއަކީ އަދިވެސް ޗައިނާގެ އިޤްތިޞާދުގެ މުހިންމު ބައެއް ކަމަށް ދެކޭ ކަމަށެވެ. ނަމަވެސް ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތައް އަދިވެސް އޮތީ ބިރުވެރިކަމެއްގައެވެ.

އެކަމުގެ ސަބަބުން އައު ކަސްޓަމަރުން ލިބި އައު އުފެއްދުންތަކަށް ދިރުމެއް އަދި ފެނިފައި ނުވާ ކަމަށް މުހައްލިލުން ބުނެއެވެ. ޗައިނާ ސަރުކާރުން ވަނީ ޓެކްނޮލޮޖީގެ ދާއިރާގައި ކުރިން ދިމާވި ގޮތަށް ކުއްލިއަކަށް ބަޔަކު މީހުން މުއްސަނދިވެ، ޓެކް ބިލިއަނަރުން އުފެދި އެމީހުންގެ މުއްސަނިދިކަން ދެއްކުމުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އެނބުރި އައުމަކީ ޗައިނާ ސަރުކާރުން ތަހައްމަލު ނުކުރާނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި ޗައިނާގެ ޓެކްނޮލޮޖީގެ ކުރިމަގަކީ ވީޑިއޯ ގޭމްތަކާއި އޮންލައިން މާކެޓްޕްލޭސްތަކެއް ނޫން ކަމަށާއި އެއީ އެމެރިކާއާ އެކު ޖިއޮޕޮލިޓިކަލް ހަނގުރާމައިގައި މުހިންމު ދައުރެއް އަދާކުރާ މާ މުހިންމު ސިނާއަތެއް ކަމުގައި ކަމަށްވެސް ބެއިޖިން އިން ވަނީ ސާފުކޮށްދީފަ އެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި އޮބިއަޅުވައި ގިނަ ދުވަސްތަކެއް ވަންދެން ކޮންޓްރޯލު ގެންގުޅުމަށް ފަހު ޓެންސެންޓާއި އޮންލައިން ޖަޔަންޓް ކަމަށްވާ ނެޓްއީޒް އަށް ވީޑިއޯ ގޭމް އުފައްދައި ވިއްކުމުގެ ލައިސަންސް ދޫކުރަން ޗައިނާގެ ސަރުކާރުން އަލުން ފެށީ 2022 ވަނަ އަހަރު އެވެ. އަދި ޓެކްސީ ދަތުރުކޮށްދޭ މަޤްބޫލު އެޕް ޑީޑީ އަށް ވެސް އައު މެމްބަރުން ހޯދުމަށް 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ހުއްދަ ދިނެވެ. އޭގެ އިތުރުން ތިން އަހަރު ވަންދެން ތަޙުޤީޤު ކުރުމަށްފަހު އަލީބާބާގެ ބާނީ ޖެކް މާގެ ފައިނޭންޝަލް ޓެކްނޮލޮޖީ ވިޔަފާރި އެންޓް ގްރޫޕްގެ ތަޙުޤީޤުވެސް ނިންމާލާފައި ވެއެވެ. އަދި އިތުރު ފިޔަވަޅުތަކެއްގައި 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ޗައިނާގެ އެންޓިޓްރަސްޓް ރެގިއުލޭޓަރުން ވަނީ އަލީބާބާއިން ގެންގުޅޭ މޮނޮޕޮލިސްޓިކް ސުލޫކު ނައްތާލާފައިވާކަންވެސް އިއުލާންކޮށްފަ އެވެ. އެއަށްފަހު، ސެޕްޓެމްބަރު މަހު އަލީބާބާއިން ވަނީ ޓެންސެންޓް ކުންފުނީގެ ވީޗެޓް ޕޭ ގެ އެތައް ސަތޭކަ މިލިއަން ޝޮޕަރުންނަށް ހުއްދަ ދޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

އެ ތަޙުޤީޤަކީ ޗައިނާގެ އެންމެ ނުފޫޒުގަދަ ޓެކް ކުންފުނިތަކާއި ސާދާގަރު ވިޔަފާރިވެރިން ފަހަތަށް ޖައްސާލުމަށް ސަރުކާރުން ހިންގި ކެމްޕޭންގެ ފެށުން ކަމަށް ބެލުނެވެ. ޗައިނާ ސަރުކާރަށް ވުރެން އެއްވެސް މީހަކު ބާރުގަދަ ވާކަށް ޗައިނާއިން ބޭނުމެއް ނުވެއެވެ.

ހިއްސާ ކުރައްވާ!