ޗައިނާ ކާރުތައް ގައުމުން ބޭރަށް ވިއްކަން ވިސްނަނީ

ޗައިނާގެ އިލެކްޓްރިކް ކާރުތައް އަގު ހެޔޮކަމުން ޔޫރަޕުން ދަނީ ދަތިކުރުމަށް ޓެކްސް އިތުރު ކުރުމަށް ފިޔަވަޅު އަޅަމުންނެވެ. އަނެއް ކޮޅުން ޗައިނާގެ އެތެރޭގައި ކުންފުނިތަކުން ދަނީ ވާދައަށް އަގުތައް ކުޑަ ކުރަމުންނެވެ.

ޗައިނާގެ އިލެކްޓްރިކް ވެހިކަލް (އީވީ) ސްޓާޓްއަޕް ހޮޒޯން ނިއު އެނާޖީ އޮޓޯމޮބައިލް އިން ބުނަނީ ޗައިނާގެ އެތެރޭގައި އެކުންފުންޏަށް ފައިދާ ނުވާތީ، 2026 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ޗައިނާއިން ބޭރަށް އުފެއްދުމުގެ ދެބައިކުޅަ އެއްބައި ވިއްކުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

މި ކުންފުންޏަކީ  10 އަހަރު ވެފައިވާ ޝަންހާއީގައި ހުންނަ ކާރު އުފައްދާ ކުންފުންޏެކެވެ. ދާދި ފަހުން އެކުންފުނިން ވަނީ ގޮންޖެހުންތަކަކާ ގުޅިގެން އޮޕަރޭޝަންތައް ކުޑަކޮށްފަ އެވެ.

ހިއްސާ ކުރައްވާ!