ޓިބެޓްގެ ޕާލަމެންޓުން ޑެންމާކަށް ޒިޔާރަތް ކޮށްފި

ޗައިނާއިން ވެރިކަން ކުރާ ޓިބެޓްގެ ސިޔާސީ ޙިމާޔަތުގައި ބޭރުގައި އުޅޭ ޓިބެޓްގެ މިނިވަންކަމަށް ވަކާލާތު ކުރާ ފަރާތްތަކުން، ޑެންމާކްގެ ޕާލަމެންޓްގެ މެމްބަރުންނާ ބައްދަލު ކޮށްފިއެވެ. ޓިބެޓް ޕާލަމެންޓްގެ މެމްބަރުންނަށް ހޫނު މަރުހަބާއެއް ވިދާޅުވީ، ޑެންމާކް ޕާލަމެންޓްގެ ޚާރިޖީ ކޮމިޓީގެ ތަރުޖަމާނު އަދި ފޮރިން އެފެއާޒް ކޮމިޓީގެ މެންބަރު ސަސްޗާ ފެކްސް އެވެ.

މި ބައްދަލުވުމުގައި މެމްބަރު ފެކްސް ވަނީ ޑެންމާކުގެ ޑިމޮކްރެޓިކް ސަގާފަތަށް އަލިއަޅުވާލައްވާފައެވެ. އަދި ޓިބެޓްގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ޚިލާފް އަމަލުތަކުގެ ވާހަކަ ދައްކަވައި ޗައިނާގެ ނުފޫޒު އިތުރުވުމާ ދެކޮޅު ހައްދަވާފައިވާކަމަށް ވިދާޅުވެފައެވެ.

ޓިބެޓް ޕާލަމެންޓްގެ މެމްބަރުންގެ ފަރާތުން ނަމްގްޔާލް ޑޮލްކާ ލަގްޔާރީ ވަނީ ޗައިނާގެ ސިޔާސަތުތަކުގެ ސަބަބުން ޓިބެޓްގެ މީހުންގެ ދިރިއުޅުމަށާއި ސަގާފަތަށް ބޮޑެތި އަސަރުތަކެއް ކުރާ ކަމަށް ބުނެފައެވެ. އދި ޓިބެޓްގައި މިހާރު ހިނގަމުންދާ ކަންކަމާ ބެހޭ ގޮތުން ތަފްސީލީ ޕްރެޒެންޓޭޝަނެއް ވެސް ހުސާހަޅުއްވާފައެވެ.

ޓިބެޓްގެ ވަފުދުން މަސައްކަތް ކުރީ، އަލަށް ޗައިނާއިން ހަދާފައިވާ ސަރުކާރުގެ  ބޯޑިން ސްކޫލްތަކުގައި ޓިބެޓުގެ ކުދިން ގަދަކަމުން ބައިތިއްބައި އެކުދިން ޗައިނާގެ ސަގާފަތަށާއި ބަހާއި ސަގާފަތަށް އަހުލުވެރިކުރުމަށް މަސައްކަތް ކުރާ ކަމަށާއި ޓިބެޓްގެ އައިޑެންޓިޓީ ފޮހެލުމަށް ޗައިނާއިން ކުރާ ނިޒާމީ މަސައްކަތްތައް ސަމާލުކަމަށް ގެންނާށެވެ.

އޭގެ އިތުރުން ޗައިނާއިން އެ ސަރަހައްދުގައި މާސިންގާ ޑޭމްތައް ހެދުމާއި، އެކަމުގެ ސަބަބުން ޓިބެޓްގެ ނާޒުކު އިކޯސިސްޓަމަށް ބަރޯސާވާ އެތައް މިލިއަން ޓިބެޓުގެ މީހުންގެ ދިރިއުޅުމަށް ކުރާ ނުރައްކަލާއި އަދި ޓިބެޓުގެ ގުދުރަތީ ވަސީލަތްތަކަށް ލިބޭ ގެއްލުންތަކަށް ވެސް ވާހަކަ ދައްކައި އެކަން ޑެންމާކްގެ ޕާލަމެންޓްގެ ސަމާލުކަމަށް ގެނައމަށް ވާހަކަ ދެއްކިއެވެ.

އެ ވަފުދުން ވަނީ ޓިބެޓު ގެ މީހުންނަށް ޑެންމާކުން ދޭ ތާއީދު އިތުރު ކުރުމަށް ގޮވާލައި، ޓިބެޓުގެ މަސައްކަތަށް ބައިނަލްއަގްވާމީ ގޮތުން ވަރުގަދައަށް ވަކާލާތު ކުރުމަށް ގޮވާލާފަ އެވެ.

ފެކްސްގެ ޖަވާބުގައި ޓިބެޓުގެ ރޫހާނީ ލީޑަރު ދަލައިލާމާގެ ލީޑަޝިޕަށް ތައުރީފުކޮށް، ޓިބެޓުގެ އަރުވާލެވިފައިވާ މުޖުތަމައުގެ ތެރޭގައި ޑިމޮކްރަސީ ކުރިއެރުވުމަކީ ދުނިޔެއަށް ވަރުގަދަ ނަމޫނާއެއްކަން ފާހަގަކުރައްވާފައެވެ.

ހިއްސާ ކުރައްވާ!