ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެދުނު ނަމަވެސް އެޗްއެމްޕީވީ ވައިރަސްއާ ބެހޭ ތަފްސީލީ މައުލޫމާތު ދިނުމަށް ޗައިނާއިން ދެކޮޅު ހަދަމުން ދެއެވެ. ޗައިނާގެ މި ދެކޮޅު ހެދުމަކީ މުޅި ސަރަހައްދުގައި ވައިރަސް ފެތުރެމުންދާއިރު މީހުންނާއި ގައުމުތަކުގެ މެދުގައި ނުތަނަވަސްކަން އުފައްދާ ކަމެކެވެ.
ނޭވާ ލުމުގެ ނިޒާމަށް ޖެހޭ އެޗްއެމްޕީވީއަކީ، ފުރަތަމަ މޫސުމީ އަރިދަގުސް ރޯގާއެއް ކަމަށް ބެލެވުނު ނަމވެސް މި ބަލިމަޑުކަމުގެ ސަބަބުން ޗައިނާގައި ހޮސްޕިޓަލްތައް ތޮއްޖެހި ސްކޫލްތައް ބަންދުކޮށްފައި ވެއެވެ. އަދި ހާއްސަކޮށް ލޮކްޑައުންއަށް ގޮސްފައިވާ ޔުއާން ސިޓީގައި ވަނީ ހޮސްޕިޓަލްތައް ތޮއްޖެހިފަ އެވެ.
ޗައިނާ ސަރުކާރުން ހާލަތުގެ ނުރައްކާ ކުޑަކޮށްލާއިރު، ސޯޝަލް މީޑިއާ އިން ފެންނަ ތަސްވީރުތަކުން ފެންނަނީ ކޯވިޑް-19 ގެ ހަނދާނަށް ހިތަށް އަންނަ ފަދަ އުނދަގޫ މަންޒަރެކެވެ. ޚާއްސަކޮށް ނާޒުކު އާބާދީތަކަށް ނޭވާލާ ނިޒާމުގެ ބޮޑެތި ބަލިތައް ޖެހިދާނެ ވައިރަހުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ކުރާނެ އަސަރުތަކާ މެދު ސިއްހީ މާހިރުން ކަންބޮޑުވެ އެވެ.
އެޗް.އެމް.ޕީ.ވީ ފެތުރެމުންދާ މިންވަރު އިތުރަށް ގޯސްވަނީ އެޗް1އެން1 އަދި ކޯވިޑް-19 ފަދަ ނޭވާލާ ނިޒާމުގެ އެހެން ބަލިތައް ވެސް މި ދަނޑިވަޅުގައި އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.
ޗައިނާގެ ހާމަކަން ކުޑަކަމުން މި މައްސަލާގެ ހަގީގީ ނުރައްކާ މިންވަރާ މެދު ޝައްކު އުފެދޭއިރު، ހާލަތު ގޯސްވެއްޖެނަމަ އިގްތިސާދީ އަދި ވިޔަފާރީގެ ނޭދެވޭ ނަތީޖާތަކެއް ކުރިމަތިވާނެ ކަމުގެ ބިރު އެންމެންގެ ހިތުގައިވެސް އެބައޮތެވެ.
ސިއްހީ އޮފިޝަލުން ލަފާދެނީ ނޭވާލާ ނިޒާމުގެ އެހެން ވައިރަސްތަކާ އެއްގޮތަށް އަތް ދޮވެ ހެދުމާއި ސާފުތާހިރުކަމަށް ސަމާލުކަންދީ މާސްކް އަޅައިގެން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށެވެ.
ދުނިޔޭގެ ސިއްހީ ހާލަތު ޔަގީން ނުވާ ދަނޑިވަޅެއްގައި ކޮންމެ މީހަކުވެސް ކޯވިޑްގައި އެޅިފަދަ އަމިއްލަ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ސަމާލުވުމަށް އިލްތިމާސް ޑަބްލިއުއެޗްއޯއިން އިލްތިމާސް ކުރެ އެވެ.





