އިންޑިއާ ސިފައިން ދިން ސިލްސިލާ ހަމަލާތަކުގައި 80 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ސަލާމަތީ މަތީ މަސްދަރުތަކުން ބުނެފި އެވެ.
އޮޕަރޭޝަން ސިންދޫރުގެ ނަމުން ނަންދީފައިވާ ބޯޑަރު ހުރަސްކޮށް ކުރިއަށް ގެންދިޔަ މި ހަމަލަ އަމާޒުކޮށްފައި ވަނީ މަނާ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށްވާ ޖައިޝޭ މުހައްމަދު އަދި ލަޝްކަރޭ ތައިބާ އަދި ހިޒްބުލް މުޖާހިދީން އާއި ގުޅުން ހުރި ނުވަ ތަނަކަށެވެ.
އިސްލާމްއާބާދުން ބުނީ އިންޑިއާގެ މިސައިލް ހަމަލާތަކުގައި އާންމުންގެ 26 މީހުން މަރުވެ 46 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެ ހަމަލާއަކީ "ހަނގުރާމައިގެ ފާޅުކަން ބޮޑު އަމަލެއް" ކަމަށް ވިދާޅުވެ، އޭނާގެ ގައުމުން "އެކަށީގެންވާ ޖަވާބެއް" ދިނުމުގެ ހުރިހާ ހައްގެއް ލިބިގެންވާ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާއިން ބުނަނީ ހަމައެކަނި ޓެރަރިޒަމް ހަރަކާތް ހިންގާ ތަންތަނަށް އަމާޒު ކުރި ކަމަށެވެ. އަދި ޕާކިސްތާނުގެ އެއްވެސް އަސްކަރީ މަރުކަޒަކަށް އަމާޒުކޮށްފައި ނުވާ ކަމަށެވެ. "އަޅުގަނޑުމެންގެ އަމަލުތައް ހުރީ ފޯކަސްކޮށް، މިންކުރެވިފައި އަދި ހަމަލަ ގެ ދާއިރާ ބޮޑު ނުކުރާން. އިންޑިއާއިން ވަނީ ޓާގެޓްތަކާއި ތަންފީޒު ކުރުމުގެ އުސޫލު ހޮވުމުގައި ބޮޑު ހިފެހެއްޓުމެއް ދައްކާފައި،" ސަރުކާރުން ނެރުނު ބަޔާނުގައިވެ އެވެ.
މެންދަމު ގަޑީގައި ސިފައިންނާއި ވައިގެ ސިފައިން ގުޅިގެން ޕާކިސްތާނާއި ކަޝްމީރުގެ އިންފްރާސްޓްރަކްޗަރ އަށް ހަމަލާދީފައިވާއިރު، އެތަންތަނަކީ އިންޑިއާއަށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ރޭވިތަންތަން ކަމަށް އިންޑިއާއިން ބުނެއެވެ.
އިސް އޮފިޝަލުން ބުނާ ގޮތުގައި އެންމެ ބޮޑު ދެ ހަމަލާ ދީފައިވަނީ ޖައިޝޭ މުހައްމަދުގެ ނުފޫޒުގަދަ ބަހާވަލްޕޫރާއި މުރީދުކޭއަށް ކަމަށާއި ކޮންމެ ތަނެއްގައި ވެސް ގާތްގަނޑަކަށް 25-30 ޓެރަރިސްޓުން މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. މުރީދުކޭގައި އަމާޒު ކުރީ ޕާކިސްތާނުގެ "ޓެރަރިޒަމް ނާސަރީ" ގެ ގޮތުގައި އިންޑިއާއިން ސިފަ ކުރާ ލަޝްކަރުގެ މައި މަރުކަޒު މަސްޖިދު ވަ މަރުކަޒު ތައްޔިބާއަށެވެ.
އިންޑިއާއިން ބުނާ ގޮތުގައި އަދިވެސް ދަނީ އަމާޒުކޮށްފައިވާ އެހެން ތަންތަނުގައި މަރުވި މީހުންގެ އަދަދު ޔަގީން ކުރަމުންނެވެ. ފުރަތަމަ އަންދާޒާތަކުން ދައްކާ ގޮތުގައި ޖުމްލަ 80 އާއި 90 އާއި ދެމެދުގެ އަދަދަކަށް މީހުން މަރުވި ކަމަށެވެ.
ހަމަލަ އަމާޒު ކުރި ނުވަ ސައިޓުގެ ތެރެއިން ހަތަރު ސައިޓަކީ ޕާކިސްތާނުގެ ސަރަހައްދުގެ އެތެރޭގައި ހުރި ތަންތަނެވެ. ބާކީ ހުރި ފަސް ސައިޓަކީ ޕާކިސްތާނުގެ ދަށުގައިވާ ކަޝްމީރުގެ ތަންތަނެވެ.
މި އޮޕަރޭޝަންގައި އިންޑިއާއިން ވަނީ ޒަމާނީ، ދުރު ރާސްތާއަށް ދަތުރުކުރާ ޕްރެސިޝަން ހަތިޔާރުތައް ބޭނުންކޮށްފައެވެ. ޕާކިސްތާނުގެ ސަރަހައްދުގެ ފުންމިނަށް ވައިގެ ހަމަލާތައް ދިނީ ސްކަލްޕް ކްރޫޒް މިސައިލްތަކުން އަލަށް އިންޑިއާއިން ގަތް ރަފަލް ފަޔަރ ޖެޓްތަކާއި، އަމާޒަށް ވައިގެ ތެރޭން ފޮނުވާލާ ހެމަރ ބޮންތަކުންނެވެ.
މި ހަމަލާތަކަށް ފަހު ޕާކިސްތާނުން ވަނީ ޖަމްމޫ އެންޑް ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް އެންޑް އިންޓަނޭޝަނަލް ބޯޑަރުގައި ބޯޑަރު ހުރަސްކޮށް ހަމަލަތައް ދީފައެވެ. ޕާކިސްތާނުގެ ހަމަލާގައި ތިން މީހަކު މަރުވިއެވެ.



