ބަޔަކު ފެންވަރަން ތިއްބާ ސޫރިޔާ ރައީސް ވަދެއްޖެ

ސޫރިޔާގައި އަލަށް މީހަކާ އިންނަން އުޅޭ ފިރިހެނަކު ފެންވަރުވަން ހައްމާމެއްގައި މީހުން ހަރަކާތްތެރި ވަމުން ދަނިކޮށް ސޫރިޔާ ރައީސް ޝެއިޚު ޖައުލާނީ އެތަނަށް ވަދެ ވަޑައިގެންފިއެވެ.

އަލަށް ކައިވެނި ކުރާ މީހުން ފެންވެރުވުމަކީ ސޫރިޔާގެ ސަގާފީކަމެކެވެ. މި ކަން ކުރާނީ ގަދީމީ ޒަމާނުއްސުރެން ހަދާފައިވާ އެކަންކަމަށް ބޭނުން ކުރާ ހައްމާމް ތަކުގައެވެ.

މުސްކުޅި ދިމިޝްގުގެ މެދު ތެރޭގައިވާ ސަގާފީ ފެންވަރާ ހައްމާމަށް ބުރާސްފަތި ދުވަހުގެ ހެނދުނު ސީރިއާގެ ރައީސް އަހުމަދު އަލްޝަރުޢު (ޝެއިޚު ޖައުލާނީ) ވަޑައިގަތުމުން މީހުންނަށް ސިހުމެއް ލިބުނެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ދިމިޝްގުގެ މުސްކުޅި އަވަށްތަކުގެ ތެރެއިން އެއް އަވަށުގައި ހުރި ހައްމާމަށް ޝެއިޚު ޖައުލާނީ ހީވެސް ނުކުރާ ގޮތަކަށް ވަންނަވައި ފިރިހެންމީހާ އާއި އޭނާގެ އާއިލާއައި ރައްޓެހިން ހައިރާންކޮށްލެއްވި އެވެ.

ޝެއިޚު ޖައުލާނީގެ ދަތުރުފުޅުގެ ވީޑިއޯތައް ވަރަށް އަވަހަށް ސޯޝަލް މީޑިއާގައި ފެތުރިގެންދިޔައިރު، ޖައުލާނީ ފެންނަނީ ހާޒިރީންނާ ސަލާން ކުރައްވައި ވާހަކަފުޅު ދައްކަވަމުން ގެންދެވި ތަނެވެ.

ހިއްސާ ކުރައްވާ!