ޗައިނާއިން ފޯނުން ޑޭޓާ ނަގަނީ

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އަތުލައިގަންނަ ފޯނުތަކުން ޑޭޓާ ނެގުމަށް އާ ވައްތަރެއްގެ އެޕެެއް ބޭނުން ކުރާ ކަމަށް ސެކިއުރިޓީ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މޯބައިލް ސައިބަރ ސެކިއުރިޓީ ކުންފުނި ލުކްއުޓް އިން ވަނީ ޗައިނާގެ ޝިއާމަންޕިކޯ ކުންފުނިން އުފެއްދި މެސިސްޓެންޓް ކިޔާ ހެކިން ޓޫލްއާ ބެހޭ މައުލުމާތު ހާމަކޮށްފައެވެ.

މަސިސްޓެންޓަކީ މޯބައިލް ފޯނުތަކުން ފޮރެންސިކް ބޭނުމަށް ޑޭޓާ ނެގުމަށް ބޭނުންކުރާ އެންޑްރޮއިޑް ސޮފްޓްވެއާއެކެވެ. އަދި އެ ސޮފްޓްވެއާ ބޭނުން ކުރުމުން ފޯނުގައި ހުންނަ ހުރިހައި ޑޭޓާއެއް ހޯދައި ގަނެވެއެވެ. މި ޓޫލް ބޭނުންކުރަނީ ޗައިނާގެ ފުލުހުންގެ ކޮން އިދާރާތަކުންކަން ޔަގީން ނުވި ނަމަވެސް، ޗައިނާގައި ފުޅާދާއިރާއެއްގައި މި އެޕް ބޭނުން ކުރާކަމަށް ބެލެވެ އެވެ. މިކަން ފާހަގަ ވެފައި ވަނީ ފުލުހުން އަތުލައިގަންނަ ފޯނުތަކުން ފަހުން އެސޮފްޓްވެއަރ އަޅާފައި ހުންނަކަން ފާހަގަ ވެގެންނެވެ.

ޝިއާމަން ޕިކޯގެ ވެބްސައިޓުގައި އެ ސިސްޓަމްގެ ތަފްސީލާއި ދައްކާފައިވާ ފޮޓޯއިން އެނގެނީ ފޯނެއްގައި މި އެޕް އިންދައިގެން ކޮމްޕިއުޓަރަކާ ގުޅިފައިވާ ހާޑްވެއާ ޓަވަރެއްގެ އެހީގައި ޑޭޓާ ނެގޭ ކަމަށެވެ. ޝިއާމަން މެއިޔާ ޕިކޯގެ ވެބްސައިޓުގައި ދައްކާފައިވާ ކުރެހުމެއްގައިވެސް ފޮރެންސިކް ހާޑްވެއާ ޑިވައިސްއާ ގުޅިފައިވާ އައިފޯންތައް ދައްކާފައިވާ އިރު އެ ކުންފުނިން އެޕަލްގެ ފޯނުތަކުންވެސް މައުލޫމާތު ނެގޭކަން ހާމަވެއެވެ.

މިއެޕަކީ، 2024 ވަނަ އަހަރުން ފެށިގެން ޗައިނާގައި ކުއްލި ހާލަތުގައި ފުލުހުންނަށް އަމުރެއް ނެތި ކޮމްޕިއުޓަރު ބަލައި ފާސްކުރުމުގެ ބާރު ދީފައި އޮތުމުން ބޭނުން ކުރަމުންދާ އެޕެކެވެ.

ޝިއާމަން ޕިކޯއަކީ ޗައިނާގެ ޑިޖިޓަލް ފޮރެންސިކްސް މާކެޓުގެ %40 ހިއްސާ އޮންނަ ކުންފުންޏެކެވެ. އަދި އެކުންފުންޏަކީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ލިސްޓްގައި ހިމެނޭ ކުންފުންޏެކެވެ.

ހިއްސާ ކުރައްވާ!