ބާބަޑޯސް ތްރެޑް ސްނޭކް ނަމަކަށް ކިޔާ، މި ހަރުފައަކީ ދުނިޔޭގެ އެންމެ ކުދި ހަރުފަތަކުގެ ތެރެއިން އެއް ބާވަތެވެ. މިއީ 20 އަހަރުގެ ފަހުން މި ވައްތަރުގެ ހަރުފައެއް ފެނުނު ފުރަތަމަ ފަހަރެވެ. މި ހަރުފައިގެ ދިގުމިނަކީ 8 ނުވަތަ 10 ސެންޓިމީޓަރެވެ.
މާޗް މަހު ބާބަޑޯސްގެ ތިމާވެށީގެ މިނިސްޓްރީއާއި ކޮންޒަވޭޝަން ޖަމްޢިއްޔާ ރީ:ވައިލްޑް ގުޅިގެން ހިންގި ޚާއްޞަ މިޝަނެއްގައި، އެއް އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން މިވައްތަރުގެ ހަރުފަ ހޯދަން ކުރި މަސައްކަތަށް ފަހު މި ހަރުފަ ވަނީ ފެނިފައެވެ. މި ހަރުފަ ފެނިފައިވަނީ ހިލައެއްގެ ދަށުންނެވެ.
ބާބަޑޯސްގެ ތިމާވެށީގެ މިނިސްޓްރީން ބުނި ގޮތުގައި، "1889 ވަނަ އަހަރުން ފެށިގެން މި ބާވަތުގެ ހަރުފަ ފެނިފައިވަނީ ވަރަށް މަދު ފަހަރަކުއެވެ."
ބާބަޑޯސް ތްރެޑް ސްނޭކްގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ އޭގެ އަންހެން ހަރުފަ އުމުރުން އެންމެ ފަހަރަކު އެންމެ ބިހެއް އަޅާ ކަމެވެ.
ބާބަޑޯސްއަކީ ނާދިރު ޖަނަވާރުތައް ފަނާވެ ދިއުމުގެ ބިރު އޮތް ޖަޒީރާއެކެވެ. އެ ޖަޒީރާގެ ޖަންގަލީން މިހާރު ސަލާމަތް ކުރެވިފައި އޮތީ އެންމެ 2 ޕަސެންޓެވެ.






