ޕާކިސްތާންގެ ކުލީ ސިފައިން ރަޝިޔާއަށް ހަނގުރާމަކޮށްދޭ: ޒެލެންސްކީ

ޕާކިސްތާންގެ ކުލީ ސިފައިން ރަޝިޔާއަށް ހަނގުރާމަކޮށްދޭ ކަމަށް ޔުކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވެއެވެ. އަދި ޔޫކްރޭންގެ އިރުއުތުރުގައި ތިބި އޭނާގެ ސިފައިން ޗައިނާ، ޕާކިސްތާން އަދި އެފްރިކާގެ ބައެއް ގައުމުތަކުގެ ބޭރުގެ "ކުލީ ސިފައިންނާ" ހަނގުރާމަ ކުރަމުންދާ ކަމަށް އޭނާ ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ކޮމާންޑަރުންނާ އެކު ފްރަންޓްލައިންގެ ހާލަތާއި، ވޮވްޗަންސްކްގެ ދިފާއުގެ ހާލަތާއި، ހަނގުރާމަކުރިއަށް ދާ ގޮތާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައި" އިރުއުތުރު ޚާރްކިވް ސަރަހައްދުގެ ފްރަންޓްލައިން ސަރަހައްދަކަށް ޒިޔާރަތް ކުރުމަށް ފަހު އެކްސްގައި ޒެލެންސްކީ ލިޔެފައިވެ އެވެ.
"މި ސަރަހައްދުން އަޅުގަނޑުމެންގެ ހަނގުރާމަވެރިން ރިޕޯޓް ކުރަމުންދާ ގޮތުގައި ޗައިނާ، ތަޖިކިސްތާން، އުޒްބެކިސްތާން، ޕާކިސްތާން، އަދި އެފްރިކާގެ ގައުމުތަކުގެ ކުލީ ސިފައިން ހަނގުރާމައިގައި ބައިވެރިވެފައި އެބަތިބި. އަޅުގަނޑުމެން އެކަންކަމަށް ޖަވާބުދާރީވާނަން." ޒެލެންސްކީ ވިދާޅުވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕާކިސްތާނުން ވަނީ އެމެރިކާގެ ޕްރައިވެޓް ދެ ކުންފުންޏަކާ އެކު 364 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއް ހަދާފަ އެވެ.އަދި އެފަރާތުން ވަނީ އެ ހަތިޔާރު ޔުކްރެއިންއަށް ފޮނުވާފައެވެ.
ނަމަވެސް ވަކިވަކިން ޕާކިސްތާންގެ ފޮރިން އޮފީހާއި، ޕާކިސްތާނުގައި ހުންނަވާ ރަޝިޔާގެ ސަފީރު އަލްބަރޓް ޕީ ޚޮރެވް ވަނީ މިކަން ދޮގު ކުރައްވާފައެވެ.

ރައީސް ޒެލެންސްކީ މީގެ ކުރިން ވަނީ މޮސްކޯއިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މަސައްކަތަށް ޗައިނާގެ ހަނގުރާމަވެރިން ހޯދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެކަން ބެއިޖިން އިން ވަނީ ދޮގުކޮށްފަ އެވެ. އަދި އުތުރު ކޮރެއާގެ އެތައް ހާސް ސިފައިން ރަޝިޔާގެ ކަރސްކް ސަރަހައްދުގައި ބަހައްޓާފައިވާ ކަމަށްވެސް ޒެލެންސްކީ ތުހުމަތު ކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!