ގުދުސް ކައިރީގައި ޔަހޫދީން ގަދަކަމުން ހިފާފައިވާ ބިމެއްގައި އާބާދުކޮށްފައިވާ ޓެރަރިސްޓް ޔަހޫދީންގެ ބަސްތީއެއް ކައިރިން ދިޔަ ރަޝިޔާގެ ޑިޕްލޮމެޓުންގެ އުޅަނދަކަށް ޔަހޫދީ ޓެރަރިސްޓުން ބަޑި ޖަހައިފިއެވެ. ރަޝިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ކަމަށެވެ. އަދި މޮސްކޯއިން ވަނީ މި މައްސަލާގައި ރަސްމީކޮށް ޔަހޫދީންގެ ގައުމަށް އިހުތިޖާޖެއް ހުށަހަޅާފައެވެ.
މީގެ ކުރިންވެސް ޔަހޫދީ ޓެރަރިސްޓުން ވަނީ އަރަބި އަދި ޔޫރަޕްގެ ޑިޕްލޮމެޓުންގެ ބަޔަކު ޚަލީލު ސަރަހަރުގައި އުޅެނިކޮށް އެމީހުންނާ ދިމާއަށް ބަޑި ޖަހާފައެވެ.
ރަޝިޔާގެ ތަރުޖުމާން މާރިޔާ ޒަޚަރޯވާ ވިދާޅުވީ މި ޓެރަރިސްޓުން ހަމަލަ ދީފައި ވަނީ ޔަހޫދީ ސިފައިންގެ ރުހުމާއެކު ކަމަށެވެ. އަދި އެމީހުން އެތާކައިރީގައި ކުޅި ބަލަން ތިބި ކަމަށް ބުނެފައި ވެއެވެ.






