ޗައިނާގެ ހެކަރުން ދެމުންދާ ސައިބާ ހަމަލަތަކަށ ްރައްދު ދިނުމުގެ ގޮތުން ޓައިވާނުންވެސް ހެކަރުން ޗައިނާއަށް ހަމަލަ ދޭނ ްފަށައިފިއެވެ. ޗައިނާގެ އިސް ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ޗީހޫ 360 ގެ ޗެއަރމަން އަދި ޗައިނާގެ ސިޔާސީ ލަފާދޭ މަޖިލީހުގެ މެންބަރު ޒޯ ހޮންގްޔީ ވަނީ ޓައިވާނުން ހަމަލަ ދޭކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ޓައިވާންގެ އަގު ވައްޓާލުމަށް އޭނާ ވިދާޅުވެފައިވަނީ، ޓައިވާނުގެ ސައިބަރ ހެކަރުންގެ ފަންނީ ޤާބިލުކަން ހުރީ ދުނިޔޭގެ އެވްރެޖް ފެންވަރަށްވުރެ ދަށް ފެންވަރެއްގައި ކަމަށެވެ.
ނަމަވެސް ޒޯ ފާހަގަކުރެއްވި ގޮތުގައި، ޓައިވާނުގެ ހެކަރުން ޗައިނާގެ އަމާޒުތަކަށް ހަމަލާދިނުމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރަމުން ދެއެވެ. އަދި އެ ހަމަލާތައް ކާމިޔާބުވަނީ ގިނަ ފަހަރަށް ޗައިނާގެ ސިސްޓަމްތަކުގައި ހުންނަ ސެކިއުރިޓީ ކަންކަމުގެ ދޯހަޅި ކަމުގެ ސަބަބުން ކަމަށެވެ.
ޒޯ ހޮންގްޔީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، "ޓައިވާނުގެ ހެކަރުން ބޭނުންކުރަނީ މި ފަހުގެ ކޯޑިން ޓްކްނޮލޮޖީ. ނަމަވެސް އެ ހަމަލާތައް ކާމިޔާބުވަނީ ގިނަ ޗައިނީޒް އިންސްޓިޓިއުޝަންތަކުން ސައިބަރ ސެކިއުރިޓީގެ އަސާސީ ފިޔަވަޅުތައް އަޅާފައި ނުހުންނާތީ." ކަމަށެވެ.
ޗައިނާއިން ބުނަނީ ޓައިވާނުން އަބަދު ސައިބާ ހަމަލަ ދެމުން ދިއުމާ ގުޅިގެން ސިސްޓަމްތައް އަބަދުވެސް އަޕްގްރޭޑް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ބައެއް މުއައްސަސާތަކުަގއި ސެކިއުރިޓީ އަޕްޑޭޓް ނުކުރާތީ ނިޒާމުގައި ހުންނަ މައްސަލަތައް ވަނީ ފާހަގަ ކުރެވިފައެވެ.
ޓައިވާނުގެ ސައިބަރ ހަމަލާތަކުގެ ކާމިޔާބީ ބިނާވެފައިވަނީ އެޑްވާންސް ޓެކްނޮލޮޖީއަށް ވުރެން ބޮޑަށް ޗައިނާ އެންގޭޖުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޓައިވާނުން ކުރާ މަސައްކަތުގެ މައްޗަށް ބިނާ ކޮށެވެ.






