16 މިލިއަން އަހަރު ވެފައިވާ ހިންޏެއް ހޯދައިގެންފި

އަގުބޮޑު އަލިމަހަލަށް ވުރެން ނާދިރު އެއްޗެއް ކަމަށް ބުނަމުން 16 މިލިއަން އަހަރު ވެފައިވާ ހިންޏެއް ހޯދައިގެންފިއެވެ. ސައިންސްވެރިންނަށް މި ހިނި ފެނިފައި ވަނީ ޑޮމިނިކަން ރިޕަބްލިކް އިންނެވެ.

މި ހިނި މިހާތަނަށް ރައްކާ ކުރެވިފައި އޮތީ ގަހެއްގެ ކިރުގަނޑެއްގެ ތެރޭގައެވެ. މިއީ ނާދިރު ވައްތަރެއް ކަމަށްވާ ބަސިސެރޯސް އެނާނާ ގެ އާއިލާގެ ހިންޏެއް ކަމަށް ސައިންސްވެރިން ގިންތިކޮށްފައި ވެއެވެ. މިއީ ހިނީގެ ވައްތަރުގެ ތެރޭންވެސް ބިންމަތީގައި އުޅޭ ނާދިރު ވައްތަރެކެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މި ހިނީގެ ދިގުމިނުގައި ހުންނަނީ އެންމެ 5.13 މިލިމީޓަރެވެ. އަދި މި ވައްތަރުގެ ހިނި މިހިސާބުގައި ކުރިން އުޅުނު ނަމަވެސް މިއީ މިހާރު ގެއްލިފައިވާ ވައްތަރެކެވެ.

ޕްރޮސީޑިންގްސް އޮފް ދަ ރޯޔަލް ސޮސައިޓީ ބީގައި ޝާއިއުކޮށްފައިވާ ދިރާސާގައި މި ހިންޏާ ބެހޭ ތަފްސީލު ހިމަނާފައި ވެއެވެ.

ނިއު ޖާޒީ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ސައިންޓިސްޓުންގެ މި ހޯދުމަކީ ހޯދުންތަކުގެ ތެރޭންވެސް ނާދިރު ހޯދުމެއް ކަމަށް ސިފަކޮށްފައި ވެއެވެ.

މިއަދު މިވައްތަރުގެ ހިނި ފެނަނީ ހަމައެކަނި ކޮސްޓަރިކާއިން ފެށިގެން ދެކުނު ބްރެޒިލްއާ ހަމައަށް އޮންނަ ނިއޯޓްރޮޕިކަލް ރެއިންފޯސްޓްތަކުން އެކަންޏެވެ.

މި ދިރާސާގެ ލީޑް ސައިންސްވެރިޔާ ފިލް ބާޑަން ބުނީ ކުރީގެ ގުދުރަކީ ކާއިނާތުތައް އިންސާނުންނަށް ވިސްނޭ ގޮތުގެ އައު ޗާޓެއް މިއިން ބައްޓަން ކޮށްދޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!