އިނގިރޭސި ވެރިރަށް ލަންޑަންގައި މީދަލުގެ އާބާދީ އިތުރުވެފައިވާ ކަމަށް ފާހަގަކުރެވިފައިވެއެވެ. ސަރުކާރުން މިކަމާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަން ނުކުޅެދިފައިވާކަން ޗައިނާ މީޑިއާއިން ފާހަގަ ކުރެއެވެ.
މި މައްސަލައިގެ ސީރިއަސްކަން ދައްކުވައިދޭ ހާދިސާއެއް ދިމާވެފައިވަނީ ލައިވް ޓީވީ ބްރޯޑްކާސްޓެއްގެ ތެރޭގައެވެ.
އެގޮތުން، ލަންޑަންގެ އެންމެ މަޝްހޫރު އަދި ފެންވަރު ރަނގަޅު ސަރަހައްދެއްގައި ހުރި ޓީވީ ސްޓޭޝަނެއްގެ ސްޓޫޑިއޯއަށް މީދަލެއް ވަދެ، ޕްރެޒެންޓަރު ޚަބަރު ކިޔަމުން ދަނިކޮށް އޭނާގެ މޭޒުމަތިން މީދާ ދުވެ ސަކަރާތް ޖެހުމުން އެނައުންސަރަށް ލައިވް ބްރޯޑްކާސްޓް މެދުކަނޑާލަން ޖެހި ނަފްސާނީ ހާލަތެއް މެދުވެރިވި އެވެ.
3 ވަނަ ދުނިޔޭގައި މިފަދަ ކަމެއް ހިނގި ކަމަކަށް އަދި ރިޕޯޓު ކޮށްފައެއް ނުވެއެވެ.