ހޮލެންޑްގެ ހަރުކަށި ކަނައަތުފިޔާގެ ސިޔާސީ ޓެރަރިސްޓެއް ކަމަށްވާ ގަރްޓް ވިލްޑަރސް މަރާލަން ބަޔަކު އުޅޭތީ އޭނާގެ ކެމްޕޭންގެ ހުރިހައި ހަރަކާތެއް ހުއްޓާލައިފިއެވެ. މިމީހާއަކީ ހަރުކަށި ހައްދު ފަހަނައަޅާފައިވާ މުސްލިމުންނާއި އަދާވާތްތެރި ނަސްލީ ދެކޮޅު ވެރިއެކެވެ. ޒަޔަނިސްޓު ޖެނޮސައިޑްގެ ސަޕޯޓަރެކެވެ.
ހޮލެންޑްގެ އިންޓެލިޖެންސް އޭޖެންސީން ވިލްޑަރސްއަށް މި މަޢުލޫމާތު ދިނުމަށް ފަހު ބުނެފައި ވަނީ އިތުރު ނުރައްކަލެއް ނެތްކަމަށެވެ. ނަމަވެސް އޭނާގެ ހިތް ބިރުގަނެފައިވާ ވަރުން ގެއިން ބޭރަށް ނުނިކުންނާން ނިންމައި ހުރިހައި ކެމްޕޭން ބައްދަލު ވުމެއ ްކެންސަލް ކުރީއެވެ.
ބެލްޖިއަމްގެ ފުލުހުން ވަނީ ޑްރޯން ބޭނުންކޮށްގެން ސިޔާސީ ފަރާތްތަކަށް ހަމަލާދިނުމަށް ބަޔަކު ރޭވި ކަމަށް ބުނެ 3 މީހުން ހައްޔަރުކޮށްފައެވެ.
މުސްލިމުންނާއި އަދާވާތްތެރި ވުމުން މުސްލިމުންވެސް ވަނީ ވިލްޑަރސް އަށް ފާރަލައި ބިރު ދައްކަން ފަށާފައެވެ. އެކަމާ ގުޅިގެން 2004 އިން ފެށިގެން ފުލުހުން އޭނާއަށް ޚާއްޞަ ރައްކާތެރިކަމެއް ދެއެވެ.




