އެންމެ ރުޅިގަދަ ގައުމުތަކުގައި ހިމެނޭޭ ސަބަބާ މެދު ސަރުކާރާ ސުއާލުކޮށްފި

ދުނިޔޭގެ އެންމެ ރުޅިގަދަ މީހުން ދިރިއުޅޭ ގައުމުތަކުގެ ލިސްޓުގައި ޖޯޑަން އުޅެނީ ކުރީގައެވެ. އާބާދީ މަދު އުފަލުގައި އުލެން ޖެހޭ ގައުމެއްގައި މީހުން މިހާ ރުޅިގަދަ ވެފައިވާ ސަބަބުން ހޯދުމަށް ޖޯޑަންގެ ޕާލަމެންޓްގެ މެމްބަރަކު ވަނީ ސަރުކާރާ ސުއާލުކުރަން ހުށަހަޅާފައެވެ. މަޖިލިސް މެންބަރު ޑރ. ދީމާ ތަހްބޫބް ވަނީ އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށް ދައްކާ ބައިނަލްއަޤްވާމީ ރިޕޯޓުގެ ވާހަކަ ސަރުކާރުން މަޖިލީހަށް ކިޔައިދޭން އެދިފައެވެ. މިރިޕޯޓުގައި އަބްދުﷲ ރަސްގެފާނުގެ ޖޯޑަން ވަނީ ދުނިޔޭގެ އެންމެ ރުޅިގަދަ ޤައުމުތަކުގެ ތެރެއިން ދެވަނައަށް ލިސްޓު ކުރެވިފައެވެ.

އަބްދުﷲ ރަސްގެފާނު މި ވަގުތު ހުންނެވީ ރަނިކަމާއާއެކު އިޓަލީވިލާތުގައެވެ. އަލީ އަހުދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

2024 ވަނަ އަހަރުގެ ގެލަޕްގެ ގްލޯބަލް އިމޯޝަންސް ރިޕޯޓުގައި ބުނަނީ ޖޯޑަންގެ ރައްޔިތުންގެ 46.1 އިންސައްތަ މީހުން މީހުންނަކީ ރުޅިގަދަ ބަޔެއް ކަމަށެވެ.

ޑރ. ތަހްބޫބް ސަރުކާރުން ސާފުކޮށްދިނުމަށް އެދިފައި ވަނީ، މި މައްސަލައާ ގުޅޭ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި، އިޖްތިމާއީ، އިޤްތިޞާދީ އަދި ނަފްސާނީ ސަބަބުތައް ދެނެގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށެވެ. އަދި މި މައްސަލައާ ގުޅޭ ގޮތުން ޤައުމީ ފެންވަރުގެ ދިރާސާތަކެއް ކުރެވިފައިވޭތޯ ވެސް އޭނާ ސުވާލު ކުރައްވައެވެ.

2024 ވަނަ އަހަރުގެ ގެލަޕްގެ ގްލޯބަލް އިމޯޝަންސް ރިޕޯޓުގައި ދުނިޔޭގެ އެންމެ ރުޅިގަދަ ފަސް ޤައުމުގެ ގޮތުގައި ހިމެނެނީ ނޯދަން ސައިޕްރަސް، އިރާޤު، އަރުމީނިއާ، ޖޯޑަން އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއެވެ. މި ޤައުމުތަކުގައި ރުޅިވެރިކަން އިތުރުވެފައިވަނީ ހަނގުރާމައާއި، ސިޔާސީ ހަމަނުޖެހުންތަކާއި، އިޤްތިޞާދީ ދަތިތަކާ ގުޅިގެން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!