އިނގިރޭސިންގެ ކުރީގެ ބޮޑުވަޒީރު މާގްރެޓް ތެޗަރގެ އަމިއްލަ ދިރިއުޅުމާ ގުޅޭ އައު ފޮތެއް ނެރެ، އެ ފޮތުގައި ތެޗަރ ސިޔާސީ މައިދާނުގައި އުޅުނު ދުވަސްވަރު ކައިވެނީގެ ބޭރުން ލޯބީގެ ގުޅުތަކެއް ބޭއްވިކަމަށް ތުހުމަތުކޮށްފި އެވެ.
ޓީނާ ގުޑްވިން ލިޔުނު "ދަ އިންސިޑެންޓަލް ފެމިނިސްޓް" މި ފޮތުގައި ބުނެފައިވާ ގޮތުން، "އަޔަން ލޭޑީ" ގެ ނަމުން މަޝްހޫރު ތެޗަރ ދެ ފަހަރެއްގެ މަތިން ސިއްރުން ލޯބީގެ ގުޅުން ބާއްވާފައި ވެއެވެ. އޭގެ ތެރެއިން އެއް ގުޅުމަކީ އޭނާ ޕާލިމެންޓުގައި އުޅުނު ފުރަތަމަ އަހަރުތަކުގައި ބޭއްވި ގުޅުމެކެވެ. އަނެއް ގުޅުމަކީ ކޮންޒަވޭޓިވް ޕާޓީގެ ބޮޑު ވަޒީރު ސަރ ހަމްފްރީ އެޓްކިންސްއާ އެކު ބޭއްވި ގުޅުމެކެވެ.
ނަމަވެސް، ތެޗަރގެ ރަސްމީ ވަނަވަރު ލިޔުނު ޗާލްސް މޫރ މި ވާހަކަތައް ދޮގު ކުރެއެވެ. އަދި، މިއީ ޤަބޫލުކުރެވޭ ހެކި ނެތް ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، ޗެލްޓެންހަމް ލިޓަރަރީ ފެސްޓިވަލްގައި ވާހަކަދައްކަމުން ގުޑްވިން ބުނެފައިވަނީ، ފިރިހެނުން ގިނަ ދުވަސްވަރެއްގައި ތެޗަރ އަންހެނުންގެ ބާރުވެރިކަން އިންސާނީ ސިފައެއްގައި ދައްކުވައިދިން ކަމަށެވެ.







