ހިންދީ ސިނަމާގެ މަޝްހޫރު ކޮމެޑީ އެކްޓަރ ގޮވަރދަން އާސްރާނީ ދިގު މުއްދަތަކަށ ްބަލިވެ އުޅުމަށްފަހު 84 އަހަރުގެ އުމުރުގައި މިއަދު މެންދުރުފަހު 3:30 ގައި ނިޔައުވެއްޖެއެވެ. އޭނާގެ ޖަނާޒާގެ ކަންތައް ސަންތާކްރޫޒް ކްރިމޭޓޯރިއަމްގައި އޭނާ އަންދާލުމުގެ ކަންތައް ހިމޭނުން އޭނާގެ ވަސިއްޔަތާ އެއްގޮތަށް ކުރިއަށް ގެންގޮސްފައި ވެއެވެ.
ޝޯލޭ، ޗުޕްކޭ ޗުޕްކޭ އަދި ބަވަރުޗީ ފަދަ ފިލްމުތަކުން މަޝްހޫރުވި އަސްރާނީ ވަނީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި 350 އަށްވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ. ޚާއްޞަކޮށް ޝޯލޭ ފިލްމުގައި ޖަލު ބަލަހައްޓާ މީހާގެ އަދުރު އަދާ ކުރި ފުރިހަމަ ކަމުން މަޝްހޫރު ވެގެން ދިޔައެވެ.
ޖައިޕޫރުގައި އުފަން އަސްރާނީ އަކީ އެކްޓިންގގެ އިތުރުން ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ފަންނާނެކެވެ. އަދި 1970 އަދި 80 ގެ އަހަރުތަކުގައި ގުޖަރާތީ ސިނަމާގައިވެސް ކާމިޔާބު ކަމާއެކު މަސައްކަތް ކޮށްފައި ވެއެވެ.





