ސައޫދީ އަރަބުގައި ގުނަވަން ހަދިޔާ ކުރާ އިންސާނުންނަށް އެގައުމުގެ ރަސްގެފާނު ދެއްވާ 3 ވަނަ ދަރަޖައިގެ ގައުމީ އިނާމު ދިނުމަށް ނިންމައިފިއެވެ.
ޚާދިމުލް ޙަރަމައިން އައްޝަރީފައިން، ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ މިހާތަނަށް ގުނަވަން ހަދިޔާކުރި 200 ސަޢޫދީ ރައްޔިތުންނަށް ކިންގް އަބްދުލްއަޒީޒް މެޑެލް (3 ވަނަ ދަރަޖަ) ދެއްވުމަށް ނިންމަވާފައެވެ.
ސަޢޫދީ މީޑިއާއިން ބުނާ ގޮތުގައި މިއީ ސައޫދީ މުޖުތަމައުގައި އިންސާނީ ހަމްދަރުދީގެ ރޫހު އާލާކޮށް، ރައްޔިތުންނަށް ގުނަވަން ހަދިޔާކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ކުރެވޭ އިއުލާނެކެވެ. 2024 ވަނަ އަހަރު ސަޢޫދީ އަރަބިއްޔާގައި ގުނަވަން ހަދިޔާކުރާ މިންވަރު ވަނީ 4.9 އިންސައްތައަށް އިތުރުވެފައެވެ.
ސަޢޫދީ އަރަބިއްޔާގައި ގުނަވަން ބަދަލުކުރުމުގެ 31 މަރުކަޒު ގާއިމް ކޮށްފައި ވެއެވެ. އަދި އޭގެ ތެރެއިން 55 އިންސައްތައަކީ ކިޑްނީ ބަދަލުކުރުމުގެ މަރުކަޒުތަކެވެ. މީގެ އިތުރުން ހިތާއި ފުއްޕާމޭ، ފުރަމޭ އަދި އަދި ގޮހޮރު ބަދަލުކުރުމަށް ޚާއްސަ މަރުކަޒުތައްވެސް ޤާއިމްކުރެވިފައިވެއެވެ.






