ސައޫދީ އަރަބް: އަންހެނުން މަރާފަ ފަހަރިއާ އިނދެފި

ސައޫދީ އަރަބިއްޔާގައި ހިންގި އެންމެ ބިރުވެރި އަދި އަނިޔާވެރި ޖިނާއީ ކުށުގެ އެއް މައްސަލައިގައި، އަނބިމީހާ މަރާލުމުގެ ކުށް ސާބިތުވި މީހެއްގެ މައްޗަށް ކޯޓު ހުކުމް އިއްވައިފިއެވެ. މި މައްސަލައިގެ ތަފްސީލުތަކަކީ ހިތާމަވެރި ވާހަކަތަކެކެވެ. ކުށްވެރިޔާ ވަނީ އޭނާގެ އަނބިމީހާ މަރާލާފައެވެ. އަދި އެކަން 30 އަހަރު ވަންދެން ފޮރުވައިގެން އުޅުނެވެ. އޭނާ އުޅުނީ އޭނާގެ މަޤްތޫލު އަންހެނުން އެމީހުން ނިދާ ކޮޓަރީގައި ވަޅުލައިގެންނެވެ.

ގާތިލު ވަނީ އަންހެނުން މަރާލުމަށް ފަހު އޭނާގެ ފަހަރިއާ އިނދެގެން 30 އަހަރު ހޭދަ ކޮށްފައެވެ. ދެމަފިރިން އުޅުނީ އަންހެނުން ވަޅުލާފައި އޮތް ކޮޓަރީގައެވެ.

މި ޖިނާއީ ސިއްރު 30 އަހަރު ފަހުން ބޭޒާރުވުމުން ފުލުހުން ވަނީ ގޭގެ ތަންތަން ބަލައި ފާސްކޮށްފައެވެ. އަދި އަންހެންމީހާގެ ކަށިތައް ކޮނެގެން ނަގާފައި ވެއެވެ. ފިރިހެން މީހާގެ މައްޗަށް ޤަތުލު ޢީލާގެ ދައުވާ ވަނީ ސާބިތު ވެފައެވެ.

ހިއްސާ ކުރައްވާ!