ސައުދީ އަރަބްގެ ގަބީލާ މީހާއަށް އޭނާގެ މައިންބަފައިން ދިން ނަމަކީ «مطحس» މަޠްހަސް އެވެ. މިއީ ޒަމާމނާ ނުގުޅޭ އޭނާ ގަޔާވާ ފަދަ ނަމެއް ނޫނެވެ! ބަދަވީ ޒާތުގެ ނަންތައް ބަދަލު ކުރަން ބޭނުންވާ މަަޠުހަސް ފަދަ އެތަކެއް ޒުވާނުންނެއް ސައުދީ އަރަބްގައި އެބަ ތިއްބެވެ.
އަލަށް އުފައްދައި އާންމުކޮށްފައިވާ ސަރުކާރުގެ ޚިދުިމަތްދޭ އަބްޝިރް އެޕް އިން ވަނީ ނަން ބަދަލު ކުރުން ފަސޭހަކަށް ވެފައެވެ. މި އެޕުން ނަން ބަދަލުކޯށްލުމުން ދައުލަތުގެ މުއައްސަސާތަކުގައި މީހާގެ ނަން ހިމަނާފައިވާ ޑޮކިއުމެންޓްތަކުން އޭނާގެ ނަން ބަދަލު ކުރެވެއެވެ.
މި އެޕުން ނަން ބަދަލު ކުރި ފުރަތަމަ މީހަކީ އަޖާއިބެއްފަދަ ނަމެއް ކިޔާފައިވާ «مطحس» މަޠްހަސް އެވެ.






