ނަރުސްމީހާ އަކީ ދެ ދަންފަޅިއަށް ވަޒީފާއަށް ނިކުންނަން ޖެހުނު މީހެކެވެ. އޭނާގެ މަސައްކަތް ލުއިކޮށްލުމަށް އާދަޔާ ޚިލާފް ހައްލެއް ހޯދިއެވެ. ވިހަ އިންޖެކްޝަނެއް ޖަހައިގެން އޭނާއަށް 10 މީހުން މަރާލެވުނެވެ. މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. އެ މަސައްކަތް ކާމިޔާބު ވުމުން އޭނާ ނިންމީ އިތުރު 27 މީހަކާ ދޭތެރޭވެސް އެގޮތަށް ކަންކޮށްގެން މަސައްކަތް ލުއިކޮށްލާށެވެ. ނަމަވެސް މިފަހަރު ބަސްޓުވީއެވެ!
މިކަން ހިނގާފައިވަނީ އަހަރަމެންގެ މި ބައްރުގައެއް ނޫނެވެ. މިކަން ހިނގާފައި ވަނީ ޖަރުމަންވިލާތުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ އާޗެން ކައިރީގައި އޮންނަ ވުއެރްސެލެންގެ ހޮސްޕިޓަލެއްގައެވެ.
ޑިސެމްބަރު 2023 އާއި މެއި 2024 އާ ދެމެދު ކުރި ކުށްތަކަށް މި ފިރިހެން ނަރުސް މީހާއަށް ކޮށްފައިޥާ ޙުކުމުން އޭނާއަށް 15 އަހަރު ފަހުން ސަލާމަތް ވެވޭނެއެވެ.
މީގެ ކުރިންވެސް ޖަރުމަންގައި މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ. 2000އާއި 2005އަ ދެމެދު 85 ބަލި މީހުން މަރާލި ނަރުސްމީހާ އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ 2019ގައެވެ.








