ދުނިޔޭގެ ތާރީޚީ އަދި ހިތާމަވެރި އެތައް ހާދިސާތަކެއް ކުރިން ލަފާކޮށްފައިވާ ކަމަށް ބުނާ، ބަލްގޭރިއާގެ މަޝްހޫރު ލޯފަން ނަޖޫމީ އިލްމުވެރިޔާ ބާބާ ވަންގާ، 2026 ވަނަ އަހަރަށް ލަފާ ކޮށްފައިވާ ކަންކަން މިހާރު މީޑިއާގައި ވަނީ އަލުން ފެންމަތިވެފައެވެ.
ބާބާ ވަންގާ އަކީ 1911 ވަނަ އަހަރު އުފަންވެ، 1996 ވަނަ އަހަރު 85 އަހަރުގައި މަރުވި މީހެކެވެ. ނަމަވެސް، އޭނާ ވަނީ 5079 ވަނަ އަހަރާ ހަމައަށް ދުނިޔޭގައި ހިނގާބނެ ކަމަށް އޭނާ ލަފާ ކުރާ ނުޖޫމީ ކަންކަން ކުރިއަށް ލަފާ ކުރާ ކަމަށް ބުނެފައެވެ. އޭނާގެ މަޝްހޫރު ލަފާތަކުގެ ތެރޭގައި ޔަހޫދީންގެ ޖާސޫސީ އިދާރާއިން ރޭވި 9/11 ގެ ހާދިސާ ވެސް ހިމެނެއެވެ.
ބާބާ ވަންގާ 2026 ވަނަ އަހަރަށް ލަފާކޮށްފައިވާ ކަންކަމުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ބޮޑެތި ގުދުރަތީ ކާރިސާތަކެއް ކުރިމަތިވުމުގެ ވާހަކައެވެ.
ބާބާ ވަންގާ ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރު ބޮޑެތި ބިންހެލުންތަކާއި، އަލިފާން ފަރުބަދަ ގޮވުމާއި، މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ބިމުގެ 7 އިންސައްތަ އާއި 8 އިންސައްތައާ ދެމެދުގެ ބޮޑު ބައެއް ހަލާކުވެގެންދާނެއެވެ. ޔޫރަޕްގައި ރެކޯޑް މިންވަރަކަށް ހޫނު މޫސުމެއް ފެނި، އޮސްޓްރޭލިއާ އަދި ކެނެޑާގައި އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގަމުންދާ ދަނޑިވަޅެއްގައި، މި ޕްރެޑިކްޝަނަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވެއެވެ.
މީގެ އިތުރުން، 2026 ވަނަ އަހަރަކީ ދުނިޔޭގެ ފެންވަރުގައި ހަމަނުޖެހުންތައް އިތުރުވާނެ އަހަރެއް ކަމަށް ވެސް ބާބާ ވަންގާ ބުނެއެވެ. އޭނާ ބުނާ ގޮތުގައި 2025 އިން ފެށިގެން އިންސާނިއްޔަތުގެ ކަންކަން ދަށަށް ދާން ފަށާނެއެވެ. އަދި 2026 ވަނަ އަހަރު ޗައިނާ، ރަޝިޔާ އަދި އެމެރިކާ ފަދަ ބޮޑެތި ބާރުތަކުގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ކުރިމަތިވެ، ތައިވާނަށް ޗައިނާއިން އަރައިގަތުމަށް މަސައްކަތްކުރުމާއި، ރަޝިޔާ އަދި އެމެރިކާގެ މެދުގައި ސީދާ ކުރިމަތިލުންތައް ހިނގުމުގެ ފުރުސަތު އޮންނާނެއެވެ. ބާބާ ވަންގާ ވަނީ 3 ވަނަ ބޮޑު ހަނގުރާމައަށް ލަފާކޮށްފައެވެ.
ބާބާ ވަންގާ ބުނަނީ 2044 އާ ހަމައަށް މިހާރު އަހަރެމެން މި ދަންނަ ޔޫރަޕް ނިމުމަކަށް އަންނާނެއެވެ. އަދި މީހުން އެކޮންޓިނެންޓުން ހުސްވެ ފަޅުތަނަކަށް ވާނެއެވެ.
އަދި 18 އަހަރު ތެރޭގައި ޚަލީފާއަކު ރޯމްގައި ނުނީ ޔޫރަޮޕްގައި ވެރިކަން ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.
އޭނާގެ އެހެން ލަފާތަކުގެ ތެރޭގައި 2026 ވަނަ އަހަރު ނޮވެމްބަރު މަހު އިންސާނުންނަށް ގުދުރަތީ އެހެން ތަހުޒީބުތަކާ ގުޅުން ގާއިމުކުރެވޭނެ ކަމަށް ވެސް ލަފާކުރައެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން 2026 ގައި ބޮޑު ސްޕޭސްޝިޕެއް ބިމާ ކައިރިވާނެއެވެ. އަދި 'އިންޓަސްޓެލާ' އާ ގުޅުވައިގެން މިހާރުވެސް ވާހަކަތަކެއް ދެކެވެމުންދެއެވެ. މީގެ އިތުރުން، 2026 ވަނަ އަހަރަކީ ދުނިޔޭގެ އިގްތިސާދަށް އުނދަގޫ އަހަރެއް ކަމަށާއި، އާޓިފިޝަލް އިންޓެލިޖެންސް (މަބު) އިން ދުނިޔޭގެ މުހިންމު ދާއިރާތަކަށް ބޮޑު ބަދަލެއް ގެނެސް، ވަޒީފާތަކަށް އަސަރުކޮށް، ސީރިއަސް މައްސަލަތައް ކުރިމަތިކުރުވާނެ ކަމަށް ވެސް ބާބާ ވަންގާ ލަފާކުރެއެވެ. މިއީ ހަމަ ލަފާތަކެކެވެ! ގަބޫލު ކުރުމަށް ވުރެން ކިޔާލަން ރަނގަޅު ވާނެއެވެ!







