ޔޫރަޕް ހިފަން ރަޝިޔާއިން ނޫޅޭ ކަމަށާއި ޔޫރަޕަށް ރަޝިޔާއިން ހަމަލަ ނުދޭނެ ކަމުގެ ގެރެންޓީ ދެއްވާ ކަމަށް ޕޫޓިން ވިދާޅުވެއެވެ. ކިރިގީޒިސްތާންގެ ވެރިރަށް ބިޝްކެކްގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ، ރަޝިޔާއިން އެހެން ގައުމަކަށް އަރައިގަންނަން އުޅޭ ކަމަށް ހުޅަނގުން ފަތުރާ ވާހަކައަކީ ހޮޅިވާހަކަތަކެއް ކަމަށެވެ.
ޔުކްރެއިންގެ ހަމަނުޖެހުން އުފެދުނު ފަހުން ރަޝިޔާއިން ޔޫރަޕް ހިފަން އުޅޭ ކަމަށް ބުނެ ހުޅަނގުން ވަނީ ޕްރޮޕެގެންޑާ ކޮށްފައެވެ.
ރަޝިޔާއިން ޔުކްރެއިންއާ އިންވެފައިޥާ ސަރަހައްދު ރައްކާތެރި ކުރުމަށް، ފެބްރުއަރީ 2022 ގައި މަސައްކަތް ފެށީ ސޯވިއެޓް ޔޫނިއަން ރޫޅުމާ ގުޅިގެން ރަޝިޔާގެ ސަރަހައްދީ އެއްބައިވަންތަކަމާއި ސިޔާދަތާއި އިސްތިގްތިގްލާލް ކަށަވަރުކޮށް ހުޅަނގުން ދީފައިވާ ގެރެންޓީއާ ޚިލާފަށް ނޭޓޯގެ ސިފައިން ރަޝިޔާ އިންވެގެންވާ ޔުކްރެއިންއަށް ގެންނަން މަސައްކަތް ފެށުމުންނެވެ.
ޔުކްރެއިން އަކީ އެމެރިކާގެ ޖާސޫސީ އިދާރާއިން އެކިފަހަރު މަތިން ކުލަކުލައިގެ ނަންނަމުގައި އިންގިލާބު ގެނަސް ވެރިން އިންދައިގެން ގެންގުޅުނު ގޮނޑިކޮއްކޮ ގައުމެކެވެ. ކުރިން ޓީވީގައި ޖޯކަރަކަށް އުޅުނު ޔަހޫދީ ނަސްލުގެ ޒެލެންސްކީ ވެރިކަމަށް ގެނަސް ހުޅަނގުން މަސައްކަތް ފެށީ ޔުކްރެއިން ނޭޓޯއަށް ވައްދައި ނޭޓޯ ސިފައިން ރަޝިޔާގެ ބޯޑަރުގައި ބައިތިއްބާށެވެ. ޕޫޓިން ވަނީ އެކަން ނާކާމިޔާބު ކުރައްވާފައެވެ.
ރަޝިޔާއާއި ޔުކްރެއިންގެ ދެމެދު އުފެދުނު ހަމަނުޖެހުމަށްފަހު ރަޝިޔާއިން ވަނީ ޔުކްރެއިންގެ ހަތަރުބައިކުޅަ އެއްބައި ހިފާފައެވެ. މިހާރު ރަޝިޔާއަށް ގެރެންޓީ ދިނުމާއެކު ޓްރަމްޕް ހުށަހަޅާފައިވާ ސުލްހައިގެ ޕްލޭނަށް ޒެލެންސްކީ ވަނީ ގޮތަކަށް އެއްބަސްވެފައެވެ.
ބިޝްކެކްގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ ޔުކްރެއިންގެ އެންމެ ފަހު ސިފައިންގެ މީހާ ނައްތާލެވެންދެން ހަނގުރާމަ ކުރަން ރަޝިޔާ ތައްޔާރަށް އޮތް ކަމަށެވެ.






